ދަރިން ގެންގުޅޭ ފޯނު ބޭނުންކުރާގޮތް ބަލަންވީ ދަރިންނަށް އިތުބާރުނުކުރާތީއެއް ނޫން! ޝައިޠޯނާއަށް އިތުބާރުނުކުރާތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދަރިން ގެންގުޅޭ ފޯނު ބޭނުންކުރާގޮތް ބަލަންވީ ދަރިންނަށް އިތުބާރުނުކުރާތީއެއް ނޫން! ޝައިޠޯނާއަށް އިތުބާރުނުކުރާތީ!: މުފްތީ މެންކް

ދަރިންނަސް ފޯނު ދިނުމަށްފަހު އެއިން ދަރިފުޅު ކުރާކަންކަން ނުވަތަ ފޯނު ބޭނުންކުރާ ގޮތް ވަރަށް ގާތުން ނުބަލައި މިއަދު ފުއްދޭކަށް ނެތެވެ. މައްސަލަ މާހޫނުވެއްޖެއެވެ. މާބޮޑު މައްސަލައަކަށް ވެއްޖެއެވެ. ވީމާ އަޑުއަހާށެވެ!  

އަތުގައި ސްމާޓް ފޯނެއް ނެތްނަމަ އެމީހަކީ ދުނިޔޭގައި އުޅޭ މީހަކަށް ނުވާ ޙާލަތަށް ކަންކަން ދިއުމުން ދަރިންގެ އަތަށް ފޯނު ދޭ ޢުމުރުވެސް ވަރަށް ބޮޑަށް ހަގުވެއްޖެއެވެ. އެގޮތުން ފޯނުގައި ހުންނަ ފިއްތަކަށް އޮއްބައިނުލެވޭވަރުގެ ނުވަތަ މިފިއްތެނީ ކީއްކުރަން ފިއްތަންޖެހޭ ފިތަކަށްކަން ނުއެނގޭ އުމުރުގެ ކުޑަކުދިންގެ އަތަށްވެސް ފޯނު އެބަދެއެވެ.  

ދެން ފުރާވަރުގެ ކުއްޖެއްގެ އަތަށް ފޯނުދީފައި އޮންނައިރު އެއިންކުރާ ބޭނުމެއް ބަލަން އުޅެފިނަމަ "މަންމަ ތިމަންނައަށް އިތުބާރުނުކުރަނީތޯ؟" އެބަ ސުވާލުކުރެއެވެ. އެފަދަ ސުވާލެއް ކޮށްފިނަމަ ޖަވާބުގައި ބުނާށެވެ! "ނޫނެކެވެ! ދަރިފުޅަށް ވަރަށް ބޮޑަށް އިތުބާރުކުރަމެވެ. ނަމަވެސް ޝައިޠޯނާއަކަށް އިތުބާރެއް ނުކުރަމެވެ." 

އެޙިސާބުން ދަރިފުޅުބުނާނެއެވެ. "ވާހަކަ މިދައްކަނީ ފްރެންޑަކާ އެވެ." އެކަމަކު ދާދި އަވަހަށް އެ ފްރެންޑުގެ ކޮޅަށް ދަރިފުޅު އޮންނަނީ ލެނބިފައެވެ. މައިންބަފައިންނަށްވުރެ ފްރެންޑް މުހިންމުވެފައެވެ. މައިންބަފައިންނަށް މަކަރުހަދައި އޮޅުވާލާފައި ފްރެންޑް ބުނާ ގޮތަށް ކަންކަން ކުރަން ފަށައެވެ. 

ވީމާ މައިންބަފައިންނަށް އޮތީ ދަރިފުޅުގެ އަތަށް ފޯނު ނުދިނުމެއް ނޫނެވެ. ފޯނު ނުދީ މިއަދު ފުއްދޭކަށް ނެތެވެ. ކުރަން އޮތްކަމަކީ ފޯނުން ދަރިން ކުރާކަންކަން ބަލައި އޮޅުންފިލުވުމެވެ. ހަމައެއާއިއެކު ފޯނުން ރަނގަޅު ބޭނުންތައް ކުރަން ދަރިން އަހުލުވެރިވުމެވެ. ފޯނު ބޭނުންކުރާ ގޮތަށް ފާރަވެރިވުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން