ކޮންމެވެސް ކިޔައިލާތި! ރޮމުން މިސްކިތަށްގޮސް ނަމާދުކޮށްގެން ހެމުން މިސްކިތުން ފޭބި ޒުވާނާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކޮންމެވެސް ކިޔައިލާތި! ރޮމުން މިސްކިތަށްގޮސް ނަމާދުކޮށްގެން ހެމުން މިސްކިތުން ފޭބި ޒުވާނާގެ ވާހަކަ-

މިކިޔައިދެނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި ހިނގިކަމެއްގެ ވާހަކައެއް ނޫނެވެ. ޞަޙާބީއަކަށް މެދުވެރިވެވަޑައިގެންނެވި ކަމެއްގެ ވާހަކައެއްވެސް ނޫނެވެ. ސަޢުދިޢަރަބިޔާއަށް ނިޞްބަތްވާ އެންމެ 16 އަހަރުގެ ކުޑަކުއްޖެއްގެ ވާހަކައެވެ.  

އެއްދުވަހުގެ ޢަޞްރު ނަމާދަށް ހޭލެވުނީ ބަންގިގޮވިފަހުންނެވެ. އަވަސްއަވަހަށް ވުޟޫކޮށްލައިގެން މިސްކިތަށް ދިއައިރު ނަމާދު ނިމިގެން މީހުން މިސްކިތުން ފައިބަނީއެވެ. އެތަން ފެނުމުން ކުއްޖާއަށް ގިސްލައި ރޮވެން ފެށިއެވެ.  

ރޮމުން މޫނު އަނބުރާލައި ދެން އެންމެ ގާތުގައި މިސްކިތަށް ދިއައެވެ. ގޮސް ބޭރުގައި ހުރެގެން ބަލައިލިއިރު އަދި ނަމާދަކަށް ނުފަށައެވެ. އެކުއްޖާ ފުރަތަމަވެސް ހުރިތަނަށް ޝުކުރުގެ ސަޖިދަ ކުރިއެވެ. މިސްކިތަށް އަރައި ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރިއެވެ. މިސްކިތުން ފޭބީ އުފަލުން ރޮމުންނެވެ. (ސަޢުދިޢަރަބިޔާގައި އެކިމިސްކިތުގައި ޖަމާޢަތުގެ ނަމާދުކުރަން ފަށާނީ އެކި ވަޤުތުތުގައެވެ.)  

މިވީ ކިހިނެއް ހެއްޔެވެ؟  

40 ދުވަސްވަންދެން އިމާމް އާއިއެކު ހަރަމްބަދެ ފަރުޟު 5 ނަމާދު ކޮށްފި މީހަކަށް މުނާފިޤުކަމުން ސަލާމަތްކޮށްދެއްވަވާކަމާއި އެމީހަކު ނަރަކައިން ސަލާމަތް ކުރައްވަވާކަން ޙަދީޘްފުޅުން އެނގެން އޮތުމުން އެކުއްޖާދިއައީ އެކަމަށް އެދިގެން މަސައްކަތްކުރަމުންނެވެ. އެޢަޞްރު ނަމާދަކީ އެކަމަށް އެދިގެން އޭނާ ކުރަންޖެހޭ އެންމެ ފަހު ނަމާދެވެ. ރޮވުނީ އެނަމާދު ނުކުރެވުނީކަމަށް ހީކުރެވުނީމައެވެ. ހެވުނީ 40 ދުވަހުގެ ނަމާދު ފރިހަމަކުރެވުނީތީއެވެ.  

މިޢިބްރަތްތެރި ވާހަކަކޮޅާއިއެކު 2،3 ކަމެއް ފާހަގަކޮށްލާނަމެވެ! 

- ހެޔޮ ޢަމަލުތައްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރަން ފަށަންވީ ޢުމުރުން ދުވަސްވެ މުސްކުޅިވުމަކުން ނޫނެވެ. އެންމެ ޒުވާން ޢުމުރުގައެވެ.

- ހެޔޮ ނިޔަތުގައި ހެޔޮ ޢަމަލުކުރަން މަސައްކަތްކުރާ މީހަކަށް އެކަން ހިންމަވައިދެއްވަވާނެ ކަމެވެ. އެމީހަކު މާޔޫސް ނުކުރައްވަވާނެ ކަމެވެ.

- އެއްވެސް ހެޔޮ ޢަމަލަކީ ކުރަން ބޮޑުކަމެއް ކަމަށް ނުދެކި ކުރަން މަސައްކަތްކުރާނަމަ އެކަމަކަށް ތައުފީޤް ދެއްވަވާނެ ކަމެވެ. 

ކޮންމެ މީހަކުވެސް އަޅުކަންކުރަންވީ އެޒުވާނާ ފަދައިން އަމާޒުތައް ކަނޑައަޅައިގެންނެވެ. ބަރަކާތްތެރި ރަމަޟާންމަސް ފެށެން ދާދި ގާތްވެއްޖެއެވެ. ރަމަޟާން މަހު ކުރާނެ ކަންކަމަށް މިހާރުންސުރެ ނިޔަތް ގަނެ ޢަޒުމް ކަނޑައަޅާށެވެ!

 

- ޝައިޚް ނަވައިދު ޢަޒީޒްގެ ދަރުސަކުން   

މިއަދު އޮންލައިން