ތަރުކާރީގެ ފައިދާ އެންމެ ފުރިހަމައަށް ލިބުމަށް މި 8 ކަންތަކަށް ސަމާލުވެލައްވާ!

ކިޔުމަށް ހޭދަވާނީ 1މ 29ސ
ތަރުކާރީގެ ފައިދާ އެންމެ ފުރިހަމައަށް ލިބުމަށް މި 8 ކަންތަކަށް ސަމާލުވެލައްވާ!

ޢަލީ އިޙްޞާން ފިރާޤް

 

ދުޅަހެޔޮ ސިއްހަތަކަށް ކެއިން ބުއިމުގައި ރަނގަޅު  މިންހެޔޮ އުސޫލެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. އަހަރެމެން ކެއުން ބުއިމުގައި ގެންގުޅޭ ބައެއް އާދަތަކަށް ކުޑަ ބަދަލެއް ގެނެސްގެން  މިންހެޔޮ  ރަނގަޅު ކެއުމަކަށް ބަދަލުކޮށްލެވިދާނެއެވެ. މި ބަލައިލަނީ ތަރުކާރީ ކެއުމުގައި ސަމާލުކަން ދެވިދާނެ 8 ކަމަކަށެވެ. 

1 ތަރުކާރީ ބޭނުން ކުރާއިރު އެކި ބާވަތްތަކުގެ ތަފާތު ކުލަކުލައިގެ ތަރުކާރީ ބޭނުން ކުރުން 

2 ތަރުކާރީ ފެނު ކެއްކުމުގެ ބަދަލުގައި ސްޓީމް ކޮށްގެން ބޭނުން ކުރުން.  ފެނު ކެއްކުމުންނާއި ގިނަ އިރު ކެއްކުމުން ތަރުކާރީގައި ހުންނަ ނިއުޓްރިޝަންތައް މަދުވާން މެދުވެރިވޭ 

3 ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ފަތުގެ ބާވަތްތައް ކެއުމުގައި ހިމެނުން. މިސާލަކަށް މުރަނގަފަތް, ކުއްޅަފިލާފަތް, ދިގުތިޔަރަފަތް, މައްސާގުފަތް, ކޮޕީފަތް, ބޯވެލިފަތް ކެއުމުގައި ހިމެނުން 

4 ލުއިކާނާ ނުވަތަ ސްނެކް އެއްގެ ގޮތުގައި ކެރެޓް އަދި ޓޮމާޓޯ ބޭނުން ކުރެވިދާނެ. މިއީ ތެލުލާފައި ހުންނަ ނުވަތަ ޕެކްޓްތަކުގައި ބަންދުކޮށްފައި ހުންނަ ލުއިކާނާއަށްވުރެ ހާސްބައި ރަނގަޅު އެއްޗެއް. 

5. ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީ ބޭނުން ކުރުމުގެ ކުރިން ފެނުން ދޮވެލުމުން އޭގައި ހުންނަ ލޮނުގެ މިންވަރު މަދުވެގެންދޭ 

6 ތަރުކާރީ އާއި މޭވާ ކާއިރު ތޮއްޓާއި އޮށާއެކު ކެވޭ ބާވަތްތައް ކެއުން. އެއީ ތޮއްޓާއި އޮށުގައި ހަށިގަނޑަށް ފައިދާ ހުރި ބާވަތްތައް ހުންނާތީ 

7 ތަރުކާރީ އާއި ފަތުގެ ބާވަތްތައް ތެލުލުމުން އެއިން ލިބޭ މާބޮޑު ފައިދާއެއް ނޯންނާނެ. ބަރަބޯ ބަށިކަހަލަ އެއްޗެތި ތެލުލުމުގެ ބަދަލުގައި ގްރިލް ކޮށްގެން ބޭނުން ކުރެވިދާނެ. 

8 ދިވެހިން އާއްމުކޮށް ކާ ގަރުދިޔައާއި ބަތާއެކު ވެސް ފަތުގެ ބާވަތެއް ނޫނީ ކޮންމެވެސް ތަރުކާރީގެ ބާވަތެއް ހިމަނާލުން ވަރަށް މުހިންމު

މިއަދު އޮންލައިން