މުންކަރާތަކަށް އަރައިނުގަންނަހައި ހިނދަކު މާހެފުން ބޭއްވުމަކީ ހުއްދައެއް! އެއީ އަޅުކަމެއްނޫން! ޘަޤާފީ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
މުންކަރާތަކަށް އަރައިނުގަންނަހައި ހިނދަކު މާހެފުން ބޭއްވުމަކީ ހުއްދައެއް! އެއީ އަޅުކަމެއްނޫން! ޘަޤާފީ ކަމެއް!

މާހެގުން ބާއްވައި އެކަމުގެ ތެރެއިން މުންކަރާތަކަށް ފާފައަކަށް އަރައިނުގްނަންހައި ހިނދަކު އެއީ ހުއްދަކަމެއް ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާލުވެއްޖެއެވެ. 

ޑރ، ޝަހީމް ވިދާޅުވީ ރަމަޝާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއް. ކަމަށާއި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމެއްނޫންވީމާ އެއީ ބިދުޢައަކަށް ނުވާނެ ކަމަށެވެ. 

ޑރ. ޝަހީމް ވިދާޅުވީ އެކަމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް ކަމަށެވެ. (ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އޮތް ކަމެއް ކަމަށެވެ.)

"ހަމަ މިގޮތައް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް. ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން. ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް." ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. 

ހަމަ މިމޭރުމުން ޝައިޚް އަޙްމަދު ސަމީރު އާއި އެހެންވެސް ބައެއް ޢިލްމްވެރިން ވަނީ ވިދާޅުވެފައެވެ. 

ޝައިޚް ސަމީރު ވިދާޅުވީ މާހެފުމަކީ ކުރީގެ ބައެއް ދީންތަކުގެ މީހުން ރޯދަހިފަން ފެށުމުގެ ކުރިން ކައި ބަނޑުފުރާލަން ހިންގާ ފަދަ ޙަރަކާތެއް ނޫން ކަމަށެވެ. 

ރޯދަމަސް އައުމުގެ ކުރިން ކިތަންމެ ގިނައިން ކައި ބަނޑުފުރިނަމަވެސް ރަމަޟާން މަހު އަދި މުލަ ރޯދަ ދުވަހުވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނުކުރާނެއިރު އެއީ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް ކުރަން ދެކޯޅުޖެހޭ ކަމެއްވެސް ނޫނެވެ. ހާރަށް ނަމަވެސް ގިނައިން ކައިފިނަމަ ދުވާލު ވަރިބަލިކަން ބޮޑުވާކަން ގިނަބައަކަށް އިޙްޞާޞްކުރަންޖެހެއެވެ. ވީމާ އެންމެ ފައިޑާހުރި ގޮތަކީ ހާރަށްވެސް ކިރިޔާ ފުދޭވަރަށް މަދުން ކެއުމެވެ. 

ބައެއް ޢާއިލާތަކުން މާހެފުން ބޭއްވުމަކީ ޢާއިލީ ގުޅުން ބަދަހިކުރުމުގެ ޙަރަކާތަކަށްވެސް ހަދައިފައެވެ. ރަމަޟާން މަހުގެ ކުރިން ޢާއިލާގެ އެންމެން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ޙަރަކާތަކަށްވެސް ވަނީ ހަދައިފައެވެ.

 

މިއަދު އޮންލައިން