މާދަމާއިން ފެށިގެން 4 ސަރަޙައްދެއްގެ 13 ތަނަކުން މަސްދަޅުކޭސް ބަހާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މާދަމާއިން ފެށިގެން 4 ސަރަޙައްދެއްގެ 13 ތަނަކުން މަސްދަޅުކޭސް ބަހާނެ!

މާދަމާއިން ފެށިގެން މާލެ އާއި ހުޅުމާލޭގެ 4 ސަރަޙައްދެއްގައި ހިމެނޭ 13 ތަނަކުން މަސްދަޅުކޭސް ބެހުމަށް ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި  ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރޭ ކިއުގައި ގިނަ ވަގުތު ތިބެންޖެހުމުން ހިތާމަކުރައްވާ ކަމަށެވެ. އެހެންވެ އިންތިޒާމުތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން މަސްދަޅުކޭސް ބަހަން ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގެ ހަތަރު ފަރާތުގެ ސިޑިބަރި ކައިރިންނާއި، ސޯޝަލް ސެންޓަރު އަދި ހެންވޭރު ދަނޑާއި ހުޅުމާލެ ފޭސް 1 ގެ އިތުރު ދެ ތަނަކުންނެވެ. މަސްދަޅުކޭސް ބަހާ ކޮންމެ ތަނެއްގައިވެސް 5 މޭޒު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މީ ހޫނުދުވަސްވަރަކަށްވާތީ، ދުވާލުގެ ވަގުތުތަކުގައި މަސްދަޅުކޭސް ނުބެހުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތް ފެބްރުވަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ނުނިމުނު ކަމުގައި ވިޔަސް، މާލޭގެ ހުރިހާ ގޭބިސީތަކަށް މަސްދަޅުކޭސް ލިބެންދެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި މަސްދަޅުކޭސް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތެކެވެ. 

މިއަދު އޮންލައިން