އައްޑޫ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ބޭނުންކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
އައްޑޫ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ބޭނުންކުރަން ފަށައިފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ. މި ޖަނަރޭޓަރަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ޔަގީންކުރުމަށް ގެނެވުނު ޖަނަރޭޓަރެކެވެ.

އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، މިކަމަށް ދާއިމީ ހައްލެއް ނުލިބި އޮތުމަކީ އެ ސިޓީގެ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައެވެ.

"އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީން ކުރުމަށްޓަކައި، އެ ސިޓީއަށް ގެންދެވުނު 1.8 މެގަވޯޓުގެ ޖަނަރޭޓަރު ސެޓް މިހާރުވަނީ އިންސްޓޯލްކޮށް ނިމިފައި،" ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި ޖަނަރޭޓަރު އައްޑޫ ސިޓީއަށް ގެންދެވިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި މިހާރު މި ޖަނަރޭޓަރު ސެޓުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

މި ޖަނަރޭޓަރު އިންސްޓޯލްކުރުމާއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ކަރަންޓު ކެނޑުމުގެ މައްސަލަތައް މަދުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން