ދުޢާކުރި ބޭނުން އެދުނު ގޮތަށް ފުއްދަވައި ނުދެއްވަވައިފިނަމަ އޮތީ އުފާކުރުން! އެއީވެސް ލައްވަވާ ރަޙްމަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދުޢާކުރި ބޭނުން އެދުނު ގޮތަށް ފުއްދަވައި ނުދެއްވަވައިފިނަމަ އޮތީ އުފާކުރުން! އެއީވެސް ލައްވަވާ ރަޙްމަތެއް!

ބައެއް މީހުން ކަމަކަށް ބޭނުންވެގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމުން އެމީހަކު އެދުނު ގޮތަށް ނުވަތަ އެކަމެއް ހިންމަވައި ނުދެއްވަވައިފިނަމަ ކަންބޮޑުވެއެވެ. އެއީ ﷲ ތަޢާލާ ތިމާދެކެ ލޯބިފުޅުވެވޮޑިނުގަންނަވަނީ ކަމަށް ޤަބޫލުކުރެވެއެވެ.  

ނަމަވެސް އެއީ އެއްގޮތަކަށްވެސް އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ. ބައެއް ފަހަރު އެދުނު ކަންތައް ހިންމަވައި ދެއްވަވަތެވެ. އަދި އެދުނު ކަންތައް ހިންމަވައި ނުދެއްވެވިނަމަ އޭނާއަށް ކުރިމަތިވާންހުރި ނުބައި ކަމަކުން ދުޢާކުރި ކަންތަކާއި އެއްމިންވަރަށް (އެކަމުން ކުރާނެ ފައިދާއާއި އެއްމިންވަރަށް) ސަލާމަތްކޮށްދެއްވަވަތެވެ.  

ދުޢާކޮށްގެން ނުވާނެ ދެކަމެއްވެއެވެ. އެއީ ރަޙިމުގެ ގުޅުން ކެނޑުމަށް ނުވަތަ ކެނޑޭފަދަ ކަމަކަށް އެދުމާއި ނުބައި ކަމަކަށް އެދުމެވެ. އެފަދަ އެއްވެސް ކަމަކަށް އެދި ދުޢާކޮށްގެން ނުވާނެއެވެ.  

ޔަޤީންކުރާށެވެ! މުއުމިނަކު ކަމަކަށް ބޭނުންވެގެން ދުޢާކޮށްފިނަމަ އެކަމެއް ފުއްދަވައި ނުދެއްވެވި ނަމަ އެއީ އެމީހަކަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. ސަބަބަކީ އެކަން ހިންމަވައި ދެއްވެވިނަމަ އެކަމަކުން އެމީހަކަށް ލިބޭނެ ބޮޑު ގެއްލުން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ.  

ޔަޤީންކުރާށެވެ! އެމީހަކު ﷲ ތަޢާލާ އާއިމެދު އުންމީދުކުރާ ގޮތަކަށް އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. ވީމާ އެއްވެސް ކަމެއްގައި (ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ނަމަވެސް) ﷲ ތަޢާލާ އާއިމެދު ނުބައި ގޮތަކަށް ނުވިސްނާށެވެ. އެންމެ ހެޔޮގޮތުގައި ވިސްނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން