ކަންކަމަށް ލަފާ ހޯދަން އަންނަ އަނބިންގެ އެއްޝަކުވާއަކަށްވެފައި އޮންނަނީ ފިރިމީހާ އަކީ ދަހިމީހެއްކަމެވެ. ދެން ފިރިމީހާ އާއި ވާހަކަ ދެއްކުމުން އެނގެނީ އޭނާގެ ވާޖިބުތައް އަދާކުރާކަމެވެ. ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ކުރާ ކަމެވެ. އިތުރަށް ޚަރަދު ނުކުރެވެނީ ލިބޭ އާމްދަނީ މަދުވުމުން ޚަރަދުތައް މެނޭޖްކުރަންޖެހޭތީ ކަމެވެ.
މިޙާލަތުގައި އެއީ ދަހި މީހެއް ނޫނެވެ. ދަހިމީހަކަށް އޭނާވާނީ ކުރަންޖެހޭ ޚަރަދުތައް ނުކުރާނަމައެވެ. އަދި އިތުރަށް އަތުގައި ފައިސާހުރެ އިތުރަށް ޚަރަދުނުކުރާ ނަމައެވެ.
ފިރިންނަށް ބުނެލަން އޮތީ އަނބިދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރާށެވެ! ތަނަވަސްކަން ހުރިވަރަކުން އިތުރަށްވެސް ޚަރަދުކުރާށެވެ! ތަނަވަސްކަން ހުރެ އިތުރަށް ޚަރަދުނުކުރާނަމަ ދަހިމީހުންގެ ތެރޭގައި ހިމެނޭނެއެވެ.
ޤުރްޢާނަށް ބަލާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ޚަރަދުކުރުމުގައި ދީލަތި މީހަކަށްވުމަށެވެ. ވީމާ ދީލަތިވުން އިތުރުކުރުމަކީ ﷲ ތަޢާލާ އެމީހަކަށް ތަނަވަސްކަން އިތުރުކޮށްދެއްވަވާނެ ސަބަބެކެވެ. އެކަންވެސް ޤުރްއާނުން އެނގެން އެބައޮތެވެ!
- ބިލާލް އައްސަދު