މީހުންގެ ޙައްޤުތަކަށް އަރައިގަތުމަށްފަހު ތައުބާވާން ޢަމަލުކުރަންޖެހޭ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މީހުންގެ ޙައްޤުތަކަށް އަރައިގަތުމަށްފަހު ތައުބާވާން ޢަމަލުކުރަންޖެހޭ ގޮތް-

މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ތައުބާވުމަށްޓަކައި އެމީހެއްގެ ކިބައި މާފު ހޯދަންޖެހެއެވެ. ނަމަވެސް އެކަން ކުރުމުގައި ވިސްނައިލަންޖެހޭ ކަންތައްތަކެއް ހުރެއެވެ.

މިބަޔާންކުރަނީ މިކަމުގައި ޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން ވިދާޅުވެފައިވާ ބަސްފުޅެވެ.

ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުޠުތައް :

 

1- ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން .

2- ކުރެވުނު ފާފަތަކަށް ހިތާމަކުރުން . އެބަހީ : މާތް ﷲ ގެ ޙައްޤުގައި ތިމާ ފަރުވާކުޑަކޮށްފައިވާކަން މައްޗަށް ހިތާމަކުރުން .

3- ދުވަހަކުވެސް ތިމާ ތައުބާވި ފާފަ އަށް އެނބުރި ނުދިޔުމަށް ޢަޒުމުކަނޑަ އެޅުން .

4- ކުރެވިފައިވާ ފާފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން ކަމުގައިވާނަމަ، އެމީހެއްގެ ކިބައިން އެކަމުގެ ހިތް ޙަލާލު ހޯދުން، ނުވަތަ އެކަމެއް ރައްދުކުރުން .

އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރި މީހާގެ ދިރި އުޅުމާއި ޢައިލާރޫޅުންފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއްކަމުގައި ވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.

ތައުބާވާން ވަކި ނަމާދެއް ކުރާކަށް ނުޖެހެވެ. މަތީގައި ލިޔެވިދިޔަ ހަތަރު ޝަރުޠު ހަމަވުމުން ތައުބާ ވެވުނީއެވެ. މީހަކަށް އޭނާ ކުރާ ފާފަތަކުގެތެރެއިން އެއް ފާފާއިން ތައުބާވިޔަސް އެފާފައެއްގެ ތައުބާ ކަމުދާނެއެވެ. ނަމަވެސް ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބެކެވެ. ބޮޑެތި ފާފަތަކުން ވަކިވަކީން ތައުބާ ވާން ޖެހޭނެއެވެ. ނަމަވެސް ކުދިފާފާތަކުން ޢާންމުކޮށް ތައުބާ ވުމުން ފުދޭނެއެވެ. ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެއެވެ.

والله أعلم

މިއަދު އޮންލައިން