މައްސަލަތައް ގިނަވެ ރިޒުޤަށް ދަތިވާނަމަ ސަމާލުވާންޖެހޭ ކަމެއް!: ރަޙިމުގެ ގުޅުން ކަނޑައިގެންހުރި އެންމެ މީހަކު ގޭގައި އުޅުމަތީވެސް އެގެއަކަށް ﷲ ތަޢާލާ ރަޙްމަތް ނުލައްވަވައިފާނެ ސަބަބެއްކަން ޙަދީޘްފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
މައްސަލަތައް ގިނަވެ ރިޒުޤަށް ދަތިވާނަމަ ސަމާލުވާންޖެހޭ ކަމެއް!: ރަޙިމުގެ ގުޅުން ކަނޑައިގެންހުރި އެންމެ މީހަކު ގޭގައި އުޅުމަތީވެސް އެގެއަކަށް ﷲ ތަޢާލާ ރަޙްމަތް ނުލައްވަވައިފާނެ ސަބަބެއްކަން ޙަދީޘްފުޅުން-

މިހާރަކަށް އައިސް ގެތަކުގައި މީހުން ދިރިއުޅެމުން މިއަންނަ ޙާލަތަށް ބަލައިފިނަމަ މައްސަލަތައް ފުރި ފުނިޖެހިފައެވެ. އަތްމަތި ދަތިކަމެވެ. ގިނަގިނައިން ބަލިވެ އުޅެން ޖެހުމެވެ. އެނދުމަތިވެފައި ކޮންމެވެސް ބައަކަށް ތިބެންޖެހުމެވެ. އެކުވެރިކަން ގެއްލި އެކަކު އަނެކަކަށް މޫނު ހަދައިގެން ތިބެންޖެހުމެވެ. އަދި މިނޫންވެސް ތަފާތު މައްސަލަތަކުން ފުނިޖެހިފައިވުމެވެ.

މިކަންކަން މިގޮތަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކޮންމެވެސް ކަމަކާއިހުރެ ރަޙިމުގެ ގުޅުންކަނޑައިގެން ތިބޭ ބައަކު ގޭގައި އުޅުމެވެ. އެންމެ މީހަކު ނަމަވެސް ރަޙިމުގެ ކަނޑައިގެންހުރެ ގޭގައި އުޅޭނަމަ ކަންކަން މެދުވެރިވާނެ ގޮތް ތިރީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ!

މަޖިލިހެއްގައި ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތައް ކިޔަވައިދެއްވަން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ހުންނެވިއެވެ. އަދި ވިދާޅުވިއެވެ.

"ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު މިތަނުގައި ވާނަމަ އެމީހާ މިތަނުން ތެދުވެގެން ދާށެވެ." (ރިވާ ވެގެން ވާގޮތުގައި އަބޫހުރައިރާ މިފަދައިން 3 ފަހަރު ތަކުރާރު ކުރެއްވިއެވެ.)

އެހިނދު އެމަޖިލީހުން ޒުވާނަކު ތެދުވެގެން ހިނގައްޖެއެވެ. ސަބަބަކީ އެ ޒުވާނާ އޭނާގެ ބޮޑުދައިތައާއި ގުޅުން ކަނޑާލާފައި ވާތީއެވެ. އަދި އޭނާ، އޭނާގެ ބޮޑުދައިތައާއި ދެމެދު ހިނގި ކަންތަކުގައި ޞުލްޙަކޮށްފިއެވެ.

ބޮޑުދައިތަ ސުވާލު ކުރިއެވެ. "އޭ އަހަރެންގެ އަޚާގެ ދަރިއާއެވެ! މިހާ ދުވަސްފަހުން ކަލޭ އަހަރެންގެ ކައިރިއަށް ގެނައީ ކޮންކަމެއް ހެއްޔެވެ؟"

އޭނާ ބުންޏެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީ، އަބޫހުރައިރާގެ މަޖިލިހެއްގައި އަހަރެން ވީމެވެ. އަދި ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު އެތަނުގައި ވާނަމަ އެތަނުން ބޭރަށް ދިއުމަށް އަބޫހުރައިރާ ބާރުއެޅުއްވުމުން އަހުރެން އައީއެވެ."

އެހިނދު ބޮޑުދައިތަ ބުންޏެވެ. "އަބޫހުރައިރާގެ އަރިހަށް ދާށެވެ! އަދި އެއީ ކީއްވެތޯ ސުވާލު ކުރާށެވެ!"

ދެން މި ޒުވާނާ އަބޫހުރައިރާގެ އަރިހަށް ގޮސް، އޭނައާއި އޭނަގެ ބޮޑުދައިތައާ ދެމެދު ކަން ހިނގިގޮތް ކިޔައިދިނެވެ. އަދި ސުވާލުކުރިއެވެ.

"ކަލޭގެފާނުގެ އަރިހުގައި ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު ނުއިށީނުމަށް ވިދާޅުވީ ކީއްވެތޯއެވެ؟"

އެހިނދު އަބޫހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ.

[ إِنَّ الرَّحْمَةَ لاَ تَنْزِلُ عَلَى قَوْمٍ فِيْهِمْ قَاطِعُ رَحِم ]

މާނައީ: ހަމަކަށަވަރުން ރަޙިމުގެ ގުޅުން ކަނޑާލާ މީހަކު އެބައެއްގެ ތެރޭގައިވާ ބައެއްގެ މައްޗަށް ﷲ ރަޙްމަތެއް ނުލައްވާނެއެވެ."

"އިމާމް އައްޛަހަބީގެ އަލްކަބާއިރު" ފޮތުން- ނޫރުލްއިސްލާމް

 

މިއަދު އޮންލައިން