ސްޓެލްކޯގެ މޯބައިލް އެޕަށް ބޭރު ޤައުމުތަކުން ޑީޑޮސް ހަމަލާއެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ސްޓެލްކޯގެ މޯބައިލް އެޕަށް ބޭރު ޤައުމުތަކުން ޑީޑޮސް ހަމަލާއެއް ދީފި

ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ކުރިއަށްގެންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށުމާއެކު، ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ.

މި ހަމަލާގެ ސަބަބުން އެޕްލިކޭޝަންގެ ޚިދުމަތް ވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކެނޑިފައެވެ. ނަމަވެސް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން ވަނީ މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފަށާފައެވެ.

މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އިތުރު ސަލާމަތީ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ޑީޑޮސް ހަމަލާއަކީ އިންޓަނެޓް މެދުވެރިކޮށް ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް އަމާޒުކޮށް ދެވޭ ސައިބަރ ހަމަލާއެކެވެ. މިފަދަ ހަމަލާތަކުގައި އެއްފަހަރާ ގިނަ އަދަދެއްގެ ޑޭޓާ ފޮނުވައިގެން ސަރވަރުތައް ބަންދުކޮށްލުމަށް މަސައްކަތްކުރެއެވެ.

މިއަދު އޮންލައިން