ދުނިޔޭގެ އެންމެ ތަނަވަސް މީހާކަމަށްވީނަމަވެސް އަދި އެންމެ ބާރުގަދަ މީހަކަށްވީނަމަވެސް މި 3 ސިފަ ފުރިހަމަ ނުވާނަމަ އެމީހަކީ އުނިކަން ހުރި މީހެކެވެ. އަދި ކިތަންމެ ފަޤީރުވެފައި ނިކަމެތި ނަމަވެސް މި 3 ސިފަ އެމީހެއްގެ ކިބައިގައި ހުރެއްޖެނަމަ އެމީހަކީ އެންމެ ފުރިހަމަ މީހާއެވެ.
ފުރަތަމަ ސިފައަކީ ބައިވެރިޔާގެ ސިއްރުތައް ހިފެހެއްޓުމެވެ.
ދެވަނަ ސުފައަކީ ބައިވެރިޔާއަށް މާފުކުރުމުގައި ދީލަތިވުމެވެ.
ތިންވަނަ ސިފައަކީ ކިތަންމެ ދަތިޙާލުގައި ބައިވެރިޔާއާއިއެކު ނޫނީ ލޯބިވެރިޔާ ގޮވައިގެން ދިރިއުޅެން މަސައްކަތްކުރުމެވެ.
މި 3 ސިފަ ހުރެއްޖެނަމަ އެމީހަކީ ހަރުދަނާ މީހެކެވެ. ތެދުވެރިއެކެވެ. އަދި ދެގޮތެއް ނުވެ ބައިވެރިޔާއާއިއެކު ދެމިހުންނާނެ މީހެކެވެ. އިން ޝާ ﷲ.
ފިރިންނަށް ޚާއްޞަކޮށް ބުނެލާނަމެވެ. މި 3 ސިފަ ހުރި އަންތބަކު ލިބިއްޖެނަމަ ނަމަނަމަ ދޫކޮށްނުލާށެވެ! ކިތަންމެ ތަނަވަސް އަދި ކިތަންމެ ރީތި އަންތބަކު ލިބެން އޮތް ނަމަވެސްމެއެވެ. ތަނަވަސްކަމާއި ރީތިކަން ގެއްލިދާނެއެވެ. ނަމަވެސް މި 3 ސިފައަކީ އެމީހަކު ދަމަހައްޓަން ބޭނުންވާހައި ދުވަހަކަށް އެމީހަކާއިއެކު ދެމިހުންނާނެ ސިފަތަކެވެ. މިޒަމާނުގައި މި 3 ސިފަ ހުރި އަންހެނުންނަކީ ވަރަށް މަދުބައެކެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން