ދުޢާ އިޖާބަކުރައްވަވާ ވަގުތާއި ތަންތަން އެނގުމަކީ ރަމަޟާން މަހަށްވެސް އެންމެ ފައިދާކުރާނެ އެއްކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37މ 26ސ
ދުޢާ އިޖާބަކުރައްވަވާ ވަގުތާއި ތަންތަން އެނގުމަކީ ރަމަޟާން މަހަށްވެސް އެންމެ ފައިދާކުރާނެ އެއްކަންތައް!

މުސްލިމުންގެ ކާމިޔާބީ ގުޅިފައިވަނީ ދުޢާކުރުމާއި ކަމަށް ބުނެވެއެވެ. އަދި މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާކުރުން ކަމަށްވެސް ބުނެވެއެވެ. ސަބަބަކީ ދުޢާގެ ސަބަބުން ކިތަންމެ ބޮޑު ނުރައްކަލަކުންވެސް ސަލާމަތްކުރައްވަވާތީއެވެ. ކިތަންމެ ބޮޑު ބިރުވެރިކަމަކުންވެސް ސަލާމަތްކުރައްވަވާތީއެވެ. އަނިޔާވެރިންގެ ޜޭވުންތަކުންވެސް ސަލާމަތްކުރައްވަވާތީއެވެ.  

ކޮންމެއަކަސް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށެނީއެވެ. އެއީ ގިނަގިނައިން ދުޢާކުރުމުގެ މައްސަރެވެ. ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ   

ދުޢާ އިޖާބަކުރައްވާ ވަގުތާއި ތަންތަން ދެނެ ގަތުމަކީ މުހިއްމުކަމެއްކަމުގައި ދެކި ކުރުގޮތަކަށް އޭގެ ތެރެއިން ބައެއް ބަޔާން ކުރެވޭތޯބަލާނަމެވެ. وبالله التوفيق.

1.ލައިލަތުލް ގަދްރި ވިލޭރޭ، فَقَدْ وَرَدَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ لِعَائِشَةَ لَمَّا قَالَتْ لَهُ :أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ ، مَا أَقُوْلُ فِيْهَا ؟  قَالَ : قُوْلِيْ " اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ"،    ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ކީރިތިރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ސުވާލު ދެންނެވިއެވެ. ލައިލަތުލް ގަދްރި ވިލޭރެ އާއި ބައްދަލު ވެއްޖެނަމަ ކިޔަންވީ ކޮން ދުޢާއެއްތޯއެވެ؟ ޙދީޘް ކުރެއްވިއެވެ. ވިދާޅުވާށެވެ. "اَللَّهُمَّ إِنَّكَ عَفُوُّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ".މާނައަކީ:"ހައްދަވާގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށްލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައްމާފްކޮށްދެއްވާފާންދޭވެ".

2.ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން، "يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ" މާނައަކީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށްއެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާއިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދިތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައިދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ".

3.ފަރްޟުނަމާދު ތަކަށްފަހުގައި، عَنْ أَبِيْ أُمَامَةَ " قِيْلَ يَا رَسُوْلَ اللهِ أَيُّ الدُّعَاءِ أَسْمَعُ؟ قَالَ جَوْفُ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوْبَاتِ "މާނައަކީ: އަބޫއުމާމާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތިރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވުނެވެ. "ﷲ ގެޙަޟްރަތުގައި އެނެްމެ އައްސަވާވޮޑިގަތުން ބޮޑީ ކޮންގަޑިއެއްގައި ކުރާ ދުޢާއެއް ތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. " ރޭގަނޑުގެ ފަހުބައިގައްޔާއި، ފަރުޟުނަމާދު ތަކަށްފަހުގައި ކުރާ ދުޢާ އެވެ".

4.ފަރްޟު ނަމާދުތަކަށް ބަންގި ގޮވާ ގަޑި،  އަދި ހަނގުރާމައިގެ މައިދާނުގައިލަޝްކަރު ބައްދަލުވާ ގަޑި، "ثِنْتَانِ لَا تُرَدَّانِ ، أَوْ قَلَّمَا تُرَدَّانِ، الدُّعَاءُ عِنْدَ النِّدَاءِ وَعِنْدَ الْبَأْسِ حِيْنَ يَلْحَمُ بَعْضُهُمْ بَعْضًا" "މާނައަކީ: ރަސޫލުﷲ- ޞައްލަﷲ ޢަލައިހިވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެންނުވެއެވެ. ނުވަތަ މަދުން ނޫނީ ރައްދު ނުކުރެވެއެވެ. ބަންގިގޮވާ ގަޑީގައިކުރާ ދުޢާ އާއި ލަޝްކަރުބައްދަލުވާ ގަޑީގައި ކުރާ ދުޢާ އެވެ".

5 . ވާރޭވެހޭ ގަޑީ ގައި ކުރާ ދުޢާ، "ثِنْتَانِمَاتُرَدَّانِ :( اَلدُّعَاءُ عِنْدَ النِّدَاءِ وَتَحْتَ الْمَطَرِ (ރަސޫލުﷲ- ޞައްލަﷲ ޢަލައިހިވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެންނުވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ވާރޭވެހޭ ގަޑީގައި ކުރާ ދުޢާއެވެ".

6. ރޭގަނޑުގެ ކޮންމެވެސް ވަގުތެއް، "إِنَّ فِيْ اللَّيْلِ سَاعَةً لَّا يُوَافِقُهَا مُسْلِمٌ يَّسْأَلُ خَيْرًا مِّنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ"މާނައަކީ: "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދިމުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.

7. ހުކުރު ދުވަހުގެ ވަގުތުކޮޅެއް، فَقَدْ ذَكَرَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الْجُمُعَةِ فَقَالَ : "فِيْهِ سَاعَةٌ لَّا يُوَافِقُهَا عَبْدٌ مُّسْلِمٌ قَائِمٌ يُّصَلِّيْ يَسْأَلُ اللهَ تَعَالَى شَيْئًا إِلَّا أَعْطَاهُ إِيَّاهُ".މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ހުކުރު ދުވަހާއި ގުޅޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. "އެދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުގައި މުސްލިމަކު ތެދުވެހުރެކަމަކަށް އެދި މާތްﷲ އަށް ދުޢާކޮށްފިނަމަ އެކަމެއްފުއްދަވައިދެއްވާނެއެވެ". ދެންެއެކަލޭގެފާނުގެ އިގިލިކޮޅުން އެވަގުތުކޮޅުގެކުރުކަމަށް އިޝާރާތް ކުރެއްވިއެވެ.

8. ޒަމްޒަމް ފެންބޯގަޑީގައި، " مَاءُ زَمْزَمْ لِمَا شُرِبَ لَهُ " މާނައަކީ: "ޒަމްޒަމް ފެންވަނީ އެބުއި ކަމަކަށެވެ". މާނައަކީ ޒަމްޒަަމް ފެންބޮމުންއެދުނު ކަމެއް ފުއްދަވައި ދެއްވާނެއެވެ.

9. ސަޖިދާގައި އޮންނަ ވަގުތު، "أَقْرَبُ مَا يَكُوْنُ الْعَبْدُ مِنْ رَّبِّهِ وَهُوَ سَاجِدٌ فَأَكْثِرُوْا الدُّعَاءَ "މާނައަކީ:  "އަޅާ އާއި ﷲއެންމެ ކުއްތަންވާނީ ސަޖިދާގައި އޮންނަ ވަގުތުގައެވެ. އެވަގުތުގައި ދުޢާކުރުން ގިނަކުރާށެވެ".

ނޯޓް: ނަމާދު ތެރޭގައި ސަޖިދާގައި ދުޢާ ކުރާނަމަ ކުރަންވާނީ ޢަރަބި ބަހުންނެވެ. ހަމައެހެންމެ، ފަރްޟު ނަމާދެއްގައި ވާރިދު ދުޢާ އެއް ނޫން ދުޢާ އެއްނުކިޔޭނެއެވެ. ނަމަވެސް ސުންނަތް ނަމާދެއް ނަމަ ސަޖިދާގައި ކިޔުމަށްވާރިދުވެފައިވާ ޛިކުރު ކިޔާ ނިމުމަށްފަހުގައި ބޭނުން ދުޢާ އެއްކުރެވިދާނެއެވެ. އެހެންނަމަވެސް ޢަރަބި ބަހުންނެވެ.

ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ހިމަނައިލާނަމެވެ.


1.
سُبْحَانَ رَبِّيَ الْأَعْلَى (ތިން ފަހަރު)

2.
سُبْحَانَكَ اَلَّلهُمَّ رَبَّنَا وَبِحَمْدِكَ، اَلَّلهُمَّ اغْفِرْ لِيْ

3.
سُبُّوْحٌ قُدُّوْسٌ رَّبُّ الْمَلَائِكَةِ وَالرُّوْحِ

4.
اَللَّهُمَّ لَكَ سَجَدْتُّ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِيْ لِلَّذِيْ خَلَقَهُ، وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللهُ أَحْسَنُ الْخَاِلِقِيْنَ

5.
سُبْحَانَ ذِيْ الْجَبَرُوْتِ وَالْمَلَكُوْتِ وَاْلكِبْرِيَاءِ وَالْعَظَمَةِ

6.
اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلَانِيَّتَهُ وَسِرَّهُ


10. ހެނދުނު ހާ ގޮވާގަޑި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. " إِذَا سَمِعْتُمْ صِيَاحَ الدِّيْكَةِ فَاسْأَلُوْا اللهَ مِنْ فَضْلِهِ ، فَإِنَّهَا رَأَتْ مَلَكًا "މާނައަކީ: "ތިޔަބައިމީހުންނަށްހާ ގޮވާއަޑު އިވިއްޖެނަމަ އޭގެ މާތްކަން ލިބިގަތުމަށް ދުޢާކުރާާށެވެ. ހަމަކަށަވަރުން އެތަކެތި އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ".

11. " لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ"،

މާނައަކީ "ޙައްގުވެގެން އަޅުކަންވެވޭފަރާތެއް ﷲ މެނުވީނުވެއެވެ. އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން މިއަޅާވަނީއަނިޔާވެރީންގެ ތެރެއިންނެވެ"،  މިފަދައިން ދުޢާ ކުރާ ހިނދުގައި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. " دَعْوَةُ ذِيْ النُّوْنِ إِذْ دَعَا بِهَا وَهُوَ فِيْ بَطْنِ الْحُوْتِ : لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ ، لَمْ يَدَعْ بِهَا رَجُلٌ مُّسْلِمٌ فِيْ شَيْءٍ قَطُّ إِلَّا اسْتَجَابَ اللهُ لَهُ "މާނައަކީ: "ޛިއްނޫން (ޔޫނުސް ޢަލައިހިއްސަލާމް) މަހުގެބަނޑުތެރޭގައި އޮންނަވައިގެން " لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ" އޭ ވިދާޅުވެ  ދުޢާކުރެއްވިއެވެ . މުސްލިމަކު އެއްވެސް ކަމަކަށް އެދި މިފަދައިން ދުޢާކޮަށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ".

މިޙާދިޘާއަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ 87 އަދި88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.( وَذَا النُّوْنِ إِذْ ذَّهَبَ مُغَاضِباً فَظَنَّ أَنْ لَّنْ نَّقْدِرَ عَلَيْهِ فَنَادَى فِيْ الظُّلُمَاتِ أَنْ لَّا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ وَكَذَلِكَ نُنْجِيْ الْمُؤْمِنِيْنَ)   

މާނައަކީ: "އަދި ޛައްނޫނި (ޔޫނުސްޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ގައުމުގެ މީހުންދެކެ ކޯފާވެގެންވަޑައިގަތްހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ގެކުޅަދުންވަންތަވެގެން ނުވާ ކަމަށް ހީކުރެއްވިހިނދު ތިމަން ﷲ އިރާދަކުރެއްވިގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ. ދެންފަހެ، އަނދިރިތަކުގެތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިބަ އިލާހު ފިޔަވައިޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީއަނިޔާވެރިންގެ ތެރެއިންނެވެ. ދެންފަހެ ތިމަން ﷲ އެކަލޭގެފާނަށްއިޖާބަދެއްވައި ހިތާމަ އާއި ދެރައިން އެކަލޭގެފާނު ނަޖާކުރެއްވީމެވެ. އަދިއީމާންވި މީހުން ތިމަން ﷲ މިންޖު ކުރައްވަނި އެފަދައިންނެވެ".

މިއާޔަތުގެޝަރަޙާގައި އަލްއިމާމް އަލްގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. " ދުޢާއިޖާބަވުމުގެ ޝަރްޠެއްގެ ގޮތުގައި ޔޫނުސް ޢަލައިހިއްސަލާމް ދުޢާކުރެއްވިފަދައިން ދުޢާކުރުން މިވަނީ ލައްވާފައެވެ. އެފަދައިން ދުޢާކޮށްފިނަމަ ދުޢާ އިޖާބަކުރައްވާ، ދިމާވެގެން އުޅޭ ދަތި އުނދަގޫކަންތަކުން ސަލާމަތް ކުރައްވާނެކަން މިވަނީ އަންގަވާފައެވެ".

12. މުޞީބާތެއް މެދުވެރިވާ ހިނދުގައި (إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْراً مِّنْهَا) މާނައަކީ: "ހަމަކަށަވަރުން އަހަރުމެންވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރިދިއުންވެސް ވަނީ ﷲ ގެ ޙަޟްރަތަށެވެ. ހައްދަވާގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް މެދުވެރިވި މުޞީބާތުން މިއަޅާ ސަލާމަތްކުރައްވާފާންދޭވެ. އަދި މިޔަށްވުރެ ހެޔޮ ރަގަޅު ކަމެއް މިއަޅާ އަށް ދެއްވާފާންދޭވެ"،  

عَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ : "مَا مِنْ مُسْلِمٍ تُصِيْبُهُ مُصِيْبَةٌ فَيَقُوْلُ مَا أَمَرَهُ اللهُ : إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْرًا مِّنْهَا إِلَّا أَخْلَفَ اللهُ لَهُ خَيْرًا مِّنْهَا" މާނައަކީ: އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިންރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. "މުސްލިމަކަށް މުޞީބާތެއްމެދުވެރިވާ ހިނދުގައި "إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْراً مِّنْهَا"މިފަދައިން ކިޔައިފި ނަމަ މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއްއެމީހަކަށް މެދުވެރިކޮށްދެއްވަތެވެ.

13. މައްޔިތާގެ ފުރާނަ ދާ ހިނދުގައި މީސްތަކުން ކުރާ ދުޢާ،  

فَفِيْ الْحَدِيْثِ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى أَبِيْ سَلَمَةَ وَقَدْ شَقَّ بَصَرَهُ فَأَغْمَضَهُ ثُمَّ قَالَ : " إِنَّ الرُّوْحَ إِذَا قُبِضَ تَبِعَهُ الْبَصَرُ ، فَضَجَّ نَاسٌ مِّنْ أَهْلِهِ فَقَالَ : لَا تَدْعُوْا عَلَى أَنْفُسِكُمْ إِلَّا بِخَيْرٍ ؛ فَإِنَّ الْمَلَائِكَةَ يُؤَمِّنُوْنَ عَلَى مَا تَقُوْلُوْنَ 

"މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުއަބޫސަލަމާ އަވަހާރަވެފައިވަނިކޮށް ވަޑައިގެންނެވި އިރުގައިއެކަލޭގެފާނުގެ ލޯފުޅުވަނީ ހަރުވެފައެވެ. އެހިނދު ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އެކަލޭގެފާނުގެ ލޯފުޅު މަރުއްވާލެއްވިއެވެ، އަދި ޙަދީޘްކުރެއްވިއެވެ. ފުރާނަގޮސްފިނަމަ ލޮލުގެ ފެނުންވެސް އެޔާ ތަބާވެއެވެ. އެހިނދު އަބޫސަލަމާ-ރަޟިޔަﷲ ޢަންހު- ގެ އަހްލުވެރިނގެ ތެރެއިން ބަޔަކުހަޅޭއްލަވައިގަތުމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ހެޔޮކަމަކަށްމެނުވީ ދުޢާ ނުކުރާހުށިކަމެވެ. ތިޔަބައިމީހުންގެ ދުޢާ އަށް މަލާއިކަތްބޭކަލުން އާމީން ކިޔުއްވައެވެ".

14. ބަލިމީހުންގެ ކައިރި އަށް ޒިޔާރަތް ކުރާ ހިނދުގައި ކުރާ ދުޢާ،  

عَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِذَا حَضَرْتُمُ الْمَرِيْضَ فَقُوْلُوْا خَيْرًا فَإِنَّ الْمَلَائِكَةَ يُؤَمِّنُوْنَ عَلَى مَا تَقُوْلُوْنَ .. قَالَتْ : فَلَمَّا مَاتَ أَبُوْ سَلَمَةَ أَتَيْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقُلْت ُ: إِنَّ أَبَا سَلَمَةَ قَدْ مَاتَ، فَقَالَ لِيْ : قُوْلِيْ : اَللَّهُمَّ اغْفِرْ لِيْ وَلَهُ وَأَعْقِبْنِيْ مِنْهُ عُقْبًى حَسَنَةً " قَالَتْ : فَقُلْتُ فَأَعْقَبَنِيْ اللهُ مَنْ هُوَ خَيْرٌ لِّيْ مِنْهُ ، مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ" 

 .މާނައަކީ: އުންމު ސަލަމާ-ރަޟިޔަ ﷲ ޢަންހާ- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ބަލިމީހެއްގެކައިރި އަށް ޒިޔާރަތްކޮށްފިނަމަ ހެޔޮބަހެއް ނޫނީ ނުބުނާ ހުށިކަމެވެ. ހަމަކަށަވަރުން މަލާއިކަތްބޭކަލުން ތިޔަބައިމީހުން ދައްކާ ވާހަކައަށްއާމީން ވިދާޅުވެއެވެ". އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. އަބޫސަލަމާ- ރަޟިޔަﷲ ޢަންހު- އަވަހާރަވީ ހިނދުގައި ތިމަންކަމަނާ ކީރިތިރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އެޚަބަރު ދިނީމެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންނާގެފާފައާއި އޭނާގެ ފާފަ ފުއްސަވާދެއްވާފާންދޭވެ. އަދި އޭނާ އަށް ވުރެހެޔޮމީހަކު ދެއްވާފާންދޭވެ". އުންމު ސަލަމާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. މާތް ﷲ ތިމަން ކަމަނާ އަށް އެޔަށްވުރެ ހެޔޮގޮތް މެދުވެރިކޮށްދެއްވިއެވެ. މާތް ﷲ ތިމަންކަމަނާ އަށް މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވިއެވެ.

15. އަނިޔާ ލިބުނު މީހާގެ ދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. " وَاتَّقِ دَعْوَةَ الْمَظْلُوْمِ فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ "މާނައަކީ: "ތިޔަބައިމީހުންއަނިޔާލިބުނުމީހާގެ ދުޢާ އިން ރައްކާތެރިވާށެވެ. ހަމަކަށަވަރުންއަނިޔާލިބުނުމީހާގެ ދުޢާ އާއި ﷲ އާއި ދެމެދު ޙިޖާބެއް (ފަރުދާ) އެއްނުވެއެވެ".

އަދިވެސްއެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. " دَعْوَةُ الْمَظْلُوْمِ مُسْتَجَابَةٌ وَإِنْ كَانَ فَاجِرًا ؛ فَفُجُوْرُهُ عَلَى نَفْسِهِ "މާނައަކީ:  "އަނިޔާލިބުނު މީހަކީ ފާޖިރެއް ކަމުގައިވީނަމަވެސް އޭނަގެ ދުޢާއަކީ މުސްތަޖާބު (އިޖާބަކުރައްވަނި) ދުޢާ އެކެވެ. އޭނާގެ ފާޖިރުކަން އޮތީއޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ".

16.  ބައްޕަ އަކު ދަރިފުޅަށްޓަކައި ހެވެއް އެދިގެން ކޮށްދޭ ދުޢާ، ރޯދަވެރިޔާގެދުޢާ، ދަތުރުވެރިޔާގެ ދުޢާ.  ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘްކުރެއްވިއެވެ. " ثَلَاثُ دَعَوَاتٍ لَّا تُرَدُّ : دَعْوَةُ الْوَالِدِ لِوَلَدِهِ ، وَدَعْوَةُ الصَّائِمِ وَدَعْوَةُ الْمُسَافِرِ "މާނައަކީ: ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. ބައްޕަ އަކު ދަރިފުޅަށްޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ".

17. ބައްޕަޔަކު ދަރިފުޅުގެ މައްޗަށް ކުރާ ދުޢާ، (ދަރިފުޅަށް ގެއްލުމެއްދެއްވުން އެދި ކުރާ ބަދު ދުޢާ)، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. " ثَلَاثُ دَعَوَاتٍ مُّسْتَجَابَةٍ : دَعْوَةُ الْمَظْلُوْمِ ، وَدَعْوَةُ الْمُسَاِفرِ ، وَدَعْوَةُ الْوَاِلِد عَلَى وَلَدِهِ "މާނައަކީ: "ތިންމީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ، ބައްޕަ އަކުދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާ".

18.ޞާލިޙް ދަރިޔަކު ބައްޕަ އަށް ޓަކައި ކުރ ހެޔޮދުޢާ،  ރަސޫލުﷲ-ޞައްލަﷲޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : صَدَقَةٌ جَارِيَةٌ ، أَوْ وَلَدٌ صَالِحٌ يَّدْعُوْ لَهُ أَوْ عِلْمٌ يُّتْفَعُ بِهِ ( މާނައަކީ: "އާދަމުގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ދުޢާކޮށްދޭނެޞާލިހް ދަރިއެއް، ފައިދާކުރަނިވި ޢިލްމެއް".

19. މެންދުރުނަމާދު ވަގުތުވަދެ ނަމާދު ކުރުމާއި ދެމެދުގައިވާ ވަގުތު، فَعَنْ عَبْدِ اللهِ بِنْ السَّائِبِرَضِيَ اللهُ عَنْهُ- أَنَّ رَسُوْلَ اللهِ  صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّيْ أَرْبَعًا بَعْدَ أَنْ تَزُوْلَ الشَّمْسُ قَبْلَ الظُّهْرِ وَقَالَ : " إِنَّهَا سَاعَةٌ تُفْتَحُ فِيْهَا أَبْوَابُ السَّمَاءِ وَأُحِبُّ أَنْ يَصْعَدَ لِيْ فِيْهَا عَمَلٌ صَالِحٌ " މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުއްﷲ ބިންއައްސާއިބް ގެ ފަރާތުން ރިވާވެގެންވެއެވެ. "މެންދުރުވަގުތުވެ، ނަމާދުކުރެއްވުމުގެ ކުރިން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަތަރުރަކްޢަތް ކުރައްވައެވެ. އަދި ޙަދީޘް ކުރައްވައެވެ. "އެވަގުތަކީ އުޑުތަކުގެދޮރުތައް ހުޅުވޭގަޑިއެވެ. އެހެންކަމުން ހެޔޮޢަމަލެއް އުފުއްލެވުމަށްތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ".

2
20. ރޭގަނޑުގެ ނިދިން ހޭލާގަޑިގައި ދުޢާ ކުރުން. އަދި ނިދިން ހޭލާގަޑީގައިކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. مَنْ تَعَارَّ ( أَيْ : اِسْتَيْقَظَ ) مِنَ اللَّيْلِ فَقَالَ : " لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلً وَلَا قُوَّةَ إِلَّا بِاللهِ ثُمَّ قَالَ : اَللَّهُمَّ اغْفِرْ لِيْأَوْ دَعَااُسْتُجِيْبَ لَهُ فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلَاتُهُ " މާނައަކީ: "ރޭގަނޑުގެ ނިދިން ހޭލުމަށްފަހުގައި لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِއޭ ކިޔާ، މި އަޅާގެ ފާފަ ފުއްސަވާފާންދޭވެ، މިހެންކިޔާ ދުޢާކޮށް،ނުވަތަ އެނޫންވެސް ދުޢާ އެއް ކޮށްފި މީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ . އަދި ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އެނަމާދެއް ގަބޫލުކުރައްވާނެއެވެ".

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން