ރަމަޟާން މަސް ފެށުމުގެ ކުރިއަށް ޝައިޠޯނުންނަށް ތިމާއާ ވައިވެސް ނޭޅެވޭނެ މީހަކަށްވާން އެބަޖެހޭ! އެއީ ވަރަށް ފަސޭހައިން ކާމިޔާބުކުރެވެން އޮތް ކަމެއް!: ޝައިޚް އަލާ އަލްސަޢީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރަމަޟާން މަސް ފެށުމުގެ ކުރިއަށް ޝައިޠޯނުންނަށް ތިމާއާ ވައިވެސް ނޭޅެވޭނެ މީހަކަށްވާން އެބަޖެހޭ! އެއީ ވަރަށް ފަސޭހައިން ކާމިޔާބުކުރެވެން އޮތް ކަމެއް!: ޝައިޚް އަލާ އަލްސަޢީދު

ރަމަޟާން މަސް ފެށެން ދާދި ގާތްވީއެވެ. ފުރަތަމަ ކަމަކަށްވެސް ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީ ޝައިޠޯނާއަށް ވައިވެސް ނުއެޅެވޭނެ މީހަކަށް ވުމަށެވެ. 

އެކަމަށް އެދިގެން ޢަމަލުކުރަންވީ ގޮތް: 

ޢުމަރުގެފާނު ފެނުމުން ޝައިޠޯނާ ދުވެ ފިލަނީ ކީއްވެގެންހެއްޔެވެ؟ ހަމަ އެންމެ ސަބަބަކާއިހުރެއެވެ. އެކަން އަހަރެމެން ކޮންމެ މީހަކަށްވެސް ކުރެވިދާނެއެވެ. 

ޝައިޠޯނާ ޢުމަރުގެފާނަށް ވަސްވާސް ނުދެނީއެއް ނޫނެވެ. ވަސްވާސް ދިނުމުން ޢުމަރުގެފާނު ހައްދަވާ ގޮތަކީ ޝައިޠޯނާ ބުނި ގޮތާއި ދިމާ އިދިކޮޅަށް ކަންކަން ކުރައްވަވަނީއެވެ. މުސްލިމުން ބެލުން ހުއްދަނޫންތަނެއް ދައްކަން އުޅެފިނަމަ އެތަނެއް ނުބައްލަވައި ޛިކުރުކުރައްވަވަނީއެވެ. ނަމާދަށް ވަޑައިގަތުމަށް ހުރަސް އަޅައިފިނަމަ މިސްކިތަށް ވަޑައިގެން އިތުރަށް ނަމާދުކުރައްވަވަނީއެވެ. ރޭގަނޑު އުފާފުޅު ކުރެއްވުމަށް ވަސްވާސްދީފިނަމަ ރޭއަޅުކަން ކުރެއްވެވުމުގައި ގިނަ ވަޤުތު ހޭދަކުރައްވަވަނީއެވެ. 

މިއީ އަހުރެމެން ކޮންމެ މީހަކަށްވެސް ކުރެވެންހުރި ކަންކަމެވެ. ޝައިޠޯނާ ވަސްވާސްދީފިނަމަ ދިމާ އިދިކޮޅަށް ކަންކަން ކުރާ މީހަކާއި ޝައިޠޯނާ ކައިރިވާކަށް ނުއުޅޭނެއެވެ. އެއީ ފާފަކުރުމުގެ ބަދަލުގައި މާގިނައިން ހެޔޮ ޢަމަލުކޮށް ހެޔޮކަމުގެ ފަތަށް މާބޮޑަށް ބަރުކުރަން މަސައްކަތްކުރާނެތީއެވެ.

 

- ޝައިޚް އަލާ އަލްސަޢީދުގެ ދަރުސަކުން

 

މިއަދު އޮންލައިން