މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ލުއިފަސޭހަކުރުމަށް ޓޯކަން ދޫކުރާ އަދަދު އިތުރުކުރުކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ލުއިފަސޭހަކުރުމަށް ޓޯކަން ދޫކުރާ އަދަދު އިތުރުކުރުކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު!

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމުގެ އިންތިޒާމުތައް އިތުރަށް ފަސޭހަކުރުމަށްޓަކައި، ކޮންމެ މަރުކަޒަކުން ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރުމަށް ނިންމައިފިއެވެ. މިކަން މިއަދު އިއުލާނު ކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ވަޒީރު ޝަރީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، އިއްޔެ ރޭ ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ވަނީ ވަރަށް އޮމާންކޮށް ކުރިއަށް ގެންދެވިފައެވެ. އަދި މިރޭ 18:00 ގައި ޓޯކަން ދޫކުރަން އަލުން ފަށާއިރު، ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބޭގޮތަށް ބައެއް ބަދަލުތައް ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ގެނެވޭ މައިގަނޑު ބަދަލުތަކުގެ ތެރޭގައި:

- ކޮންމެ މަރުކަޒަކުން ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރުން
- ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތަކަށް ތާރީޚު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުން
- ޓޯކަން ނެގުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް އެ ޓޯކަން އެގޮތަށް ބޭނުންކުރެވޭނެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދިނުން ކަމަށާއި، މިކަން ހާސިލުވަންދެން މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން