ސިހުރުހެދުމުގެ ތުހުމަތުގައި އުނގޫފާރުން ދެމީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ސިހުރުހެދުމުގެ ތުހުމަތުގައި އުނގޫފާރުން ދެމީހަކު ހައްޔަރުކޮށްފި

ސިހުރުހެދުމާއި ފަންޑިތަ ހެދުމުގެ ތުހުމަތުގައި ރ. އުނގޫފާރުން ދެމީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މިގޮތުން ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު / ރިވެލި، މުހައްމަދު އަމްޖަދު (61 އަހަރު) އާއި ރ. އުނގޫފާރު / ނަސީމީހިޔާ، މުހައްމަދު ވަހީދު (67 އަހަރު) އެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން މި ދެމީހުން ހައްޔަރުކޮށްފައިވަނީ 2025 ފެބްރުއަރީ 21 ވަނަ ދުވަހު ކަމަށާއި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުނު މައްސަލައެއްގެ ތެރެއިން މި ދެމީހުންގެ މައްޗަށް ސިހުރާއި ފަންޑިތަ ހެދުމުގެ ތުހުމަތު ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ސިހުރާއި ފަންޑިތަ ހެދުމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން