ރަސޫލް ﷺ ގެ ހަށިކޮޅުން ހިއްލާ ދައުފޮދަށްވުރެ މީރުވަސްދުވާ އެއްވެސް ހުވަނދެއް ފެނިވަޑައިގެންފައެއް ނުވެއެވެ!": އަނަސް ބިން މާލިކް (ރޢ)

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ރަސޫލް ﷺ ގެ ހަށިކޮޅުން ހިއްލާ ދައުފޮދަށްވުރެ މީރުވަސްދުވާ އެއްވެސް ހުވަނދެއް ފެނިވަޑައިގެންފައެއް ނުވެއެވެ!": އަނަސް ބިން މާލިކް (ރޢ)

އަނަސްބިން މާލިކް (ރޢ)ގެ އަރިއަހުން ރިވާވެގެންވެއެވެ. "ހުވަނދު ލެއްވެވުމަށް ރަސޫލް ﷺ އިންތިހާއަށް ލޯބިފުޅުކުރެއްވެވިއެވެ. އަދި ރަސޫލް ﷺ ގެ ހަށިކޮޅުން ހިއްލާ ދައުފޮދަށްވުރެ މީރުވަސްދުވާ އެއްވެސް ހުވަނދެއް ފެނިވަޑައިގެންފައެއް ނުވެއެވެ! އެއީ "މަސްކް" ނުވަތަ "އަންބަރު" ކަމުގައިވީނަމަވެސްމެއެވެ.

މިއީ ރަސޫލް ﷺ އަށް ﷲ ތަޢާލާ ދެއްވެވި މުޢްޖިޒާތްތަކުގެތެރެއިން މުޢްޖިޒާތެކެވެ.

ހުވަނދުލުމަކީ ސުންނަތެކެވެ. މީސްތަކުންގެ ތެރެއަށް (ފިރިހެނުން) ނުކުންނައިރު ހުވަނދުލައި ގައިން މީރުވަސް ދުއްވަންވާނެއެވެ. ނަމަވެސް ހަނދާންކުރާށެވެ! ގިނަ ބައަކަށް ނުބައިވަސްދުވާ ޒާތުގެ ހުވަނދުލައިގެން ނުވާނެއެވެ. އެއިރުން ކަމުގެ މަޤްޞަދު އެދަނީ ގެއްލިގެންނެވެ. ލާންވާނީ ގިނަބައަކަށް މީރުވަސްދުވާ ޒާތުގެ ހުވަނދެވެ.

އަންހެނުން ތަފާތެވެ. އެކަނބަލުން ހުވަނދުލާންވާނީ ހިލޭ ފިރިހެނުންނަށް ވަސްނުދުވާނެ ވަރަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން