ހއ.ތަކަންދޫ އަދި ހއ.މާރަންދޫ އަށް އާރްޓީއެލްގެ ދަތުރުތައް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ހއ.ތަކަންދޫ އަދި ހއ.މާރަންދޫ އަށް އާރްޓީއެލްގެ ދަތުރުތައް ފަށަނީ

ހއ.ތަކަންދޫ އަދި ހއ.މާރަންދޫ އަށް އާރްޓީއެލްގެ ދަތުރުތައް ފަށަން ހަމަޖެހިފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ ހއ.އިހަވަންދޫ-ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނައިގެން އާރްޓީއެލްގެ ފެރީ ދަތުރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހު ތިލަދުންމަތީ އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން، އަންނަ ރަމަޟާން މަހުގެ ކުރިން އާރްޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށްވެސް ދަތުރުކުރާ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މި ބަދަލާއެކު، އުތުރުގެ ރަށްތަކުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ދެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މިއަދު އޮންލައިން