ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރަންވާނީ އޯގާތެރިކަމާއެކު! ފައިދާކުރާނީ އެއިރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރަންވާނީ އޯގާތެރިކަމާއެކު! ފައިދާކުރާނީ އެއިރުން!: މުފްތީ މެންކް

ދަރިން އިޞްލާޙްކުރުމުގެ ބޭނުމުގައި ހަރުކަށިކޮށް އެކުދިންނާއި މުޢާމަލާތު ނުކުރާށެވެ. އޯގާތެރިކަން އިސްކުރާށެވެ! ހަރުކަށިކަމާއިއެކު ބަސް ނުބުނާށެވެ. އެއިރުން އެކުދިންގެ ގާތުގައި އުޅޭއިރު އެގޮތަށް ކަންކަން ނުކުރާށެވެ.  

މިހެން ބުނުމުން ބައެއް މީހުން އެބަބުނެއެވެ. ގޯސްކޮށް އުޅޭ ކުދިންނާއި މުޢާމަލާތުކުރަންޖެހޭނީ އެކުދިން ކުރާ ގޮތަކަށެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. މިދައްކަނީ ކުދިންގެ ވާހަކައެވެ. އެކުދިން އިޞްލާޙްކުރަން މަސައްކަތްކުރުމުގެ ވާހަކައެވެ. ވީމާ ޢަމަލުކުރަންވާނީ އެކަމަށް މަގުފަހިވާނެ ގޮތަކަށެވެ. ނޫނީ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

އެންމެ ކުޑައިރުންސުރެ ދަރިންނަށް ދަސްކޮށްދޭންވީ ނުބައިކޮށް އުޅޭ ކުދިންނާއިއެކު ނުއުޅުމަށެވެ. ދަސްކޮށްދޭންވީ ގޯސްކޮށް ކުއްޖަކު ކަމެއް ކުރިނަމަވެސް އެކުދިންނަށްވެސް ނުބައިކޮށް ކަންކަން ނުކުރުމަށެވެ. ކުއްޖަކު ނުބައި ބަހެއް ބުނި ނަމަވެސް ރައްދުގައި ނުބައި ބަހެއް ނުބުނުމަށެވެ. އެކުދިން ބޮޑެތިވުމުންވެސް އެއާދަތައް ކުދިންގެ ކިބައިގައި ހުންނާނީ ކުޑައިރު ދަސްކޮށްދިނުމުންނެވެ.  

މިޘާލެއް ބުނެފާނަމެވެ. ދަރިންނަށް ފިލާވަޅެއް ދަސްކޮށްދޭން ގޭގައި ހުޅުޖެހީމާ އެއީ ފިލާވަޅަކަށް ވާނެ ހެއްޔެވެ؟ ރަނގަޅު ފިލާވަޅެއް ދަސްކޮށްދެވުނު ކަމަށްވާނީ ހުޅު ރޯވެއްޖެނަމަ ނިއްވައިލުމުން ނޫންހެއްޔެވެ؟ ހުޅު ރޯވަން އުޅޭކަން އެނގިއްޖެނަމަ އެކަންވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެލުމުން ނޫން ހެއްޔެވެ؟  

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން