އެކުވެރިން އިޚްތިޔާރުކުރާއިރު އަބޫ ޛައްރުގެ މިބަސްފުޅަށް ސަމާލުކަންދެމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެކުވެރިން އިޚްތިޔާރުކުރާއިރު އަބޫ ޛައްރުގެ މިބަސްފުޅަށް ސަމާލުކަންދެމާ!

ޙައްޤުތަކުގެ ލިސްޓް ދިގުލައި ހިނގައްޖެއެވެ. ލިސްޓް ކިތަންމެ ދިގުވި ނަމަވެސް ސަމާލުކަްނދޭންޖެހޭނެ ކަމެއް އެބައޮތެވެ! އެއީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމާއި ދުނިޔެއާ އާޚިރަތް ކާމިޔާބުކުރެވޭނެ ގޮތަށް ހުރިހާ ކަމެއްވެސް ކުރުމެވެ.  

އެގޮތުން މިފާހަގަކުރަނީ އެކުވެރިން އިޚްތިޔާރުކުރުމުގައި ސަމާލުކަންދޭންޖެހޭ އެންމެ މުހިންމު ކަންތަކެވެ.  

އަބޫ ޛައްރު ވިދާޅުވިއެވެ. "ތިބާއަށް ފެންނަ މީސްތަކުންގެ ގިނަކަމާއޭ! ނަމަވެސް، އެބައިމީހުންގެ ތެރެއިން ތަޤްވާވެރިވެއްޖެ، ނުވަތަ، ތައުބާވެއްޖެ މީހެއްގެ ކިބާގައިމެނުވީ ހެވެއްނެތެވެ." 

ދެން ނިކަންބުނެބަލާށެވެ! ތިބާ ތިއަ ހުރީ ހެޔޮކަމެއް ލިބިގެންވާ މީހުންގެ ތެރޭގައި ހެއްޔެވެ؟ އެބައެއްގެ ކިބައިގައި ހެޔޮކަމެއް އޮތް ބައެއްގެ ތެރޭގައި ހެއްޔެވެ؟ ހަމަގައިމުވެސް ލިބިގެން ތިއައުޅޭ ޙައްޤުތައް ކަމަށް ތިބާ ތިއަބުނާ ޙައްޤުތަކަކަށް ޤިޔާމަތްދުވަހު ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެނަސް އަބޫޛައްރު ދެއްވާފައިވާ ނަޞީޙަތުގެ ބަސްފުޅުގައި ހިފަހައްޓައިފިނަ ޤިޔާމަތް ދުވަހުން ތިބާއަށް ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން