ހަނދުމަކޮށްދިނުމެއް!: ދެމަފިރިން އެކަނި ނަމާދުކުރާނަމަ އަނބިމީހާ ހުއްޓި ހުންނާނީ ކޮންތާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހަނދުމަކޮށްދިނުމެއް!: ދެމަފިރިން އެކަނި ނަމާދުކުރާނަމަ އަނބިމީހާ ހުއްޓި ހުންނާނީ ކޮންތާކު؟

ރަމަޟާން މަހަކީ ގިނަ ބައަކު އެމީހުންގެ އަނބިންނާއިއެކު ގޭގައި ނަމާދުކުރާ މަހެކެވެ. އެހެންވެ ޢަމަލުކުރާނެ ގޮތް ހަނދުމަކޮށްލައިދޭނަމެވެ.

ޝައިޚުގެ ބަސްފުޅު:  

ނަމާދުކުރާއިރު އަންހެނުން އަބަދުވެސް މަޑުކުރާނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ އިމާމުވެ ނަމާދުކުރަނީ އޭނާގެ މަޙްރަމެއްކަމުގައި ވީނަމަވެސް ނުވަތަ އެނޫން މީހެއްކަމުގައި ވީނަމަވެސްއެވެ. ސާފުކޮށް އެނގެން އޮތްކަމަކީ ހަމައެކަނި އެންމެ އަންހެނެއް ހުރިނަމަ އޭނާގެ މަޙްރަމެއްކަމުގައި ހިމެނޭ މީހަކާ އެކު މެނުވީ ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. 

އޭގެން އިސްތަޘްނާކުރެވޭ ޙާލަތަކީ އެކަހެރިވުމެއް ނުހިމެނޭ ޙާލަތްތަކެވެ. މިޘާލަކަށް މިސްކިތެއްގެ އިމާމަކު މިސްކިތަށް އައިއިރު އެންމެ އަންހެނަކު މިސްކިތުގައި ހުރުމެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި ބައެއް މިސްކިތްތަކުގައި ދަމުނަމާދުކުރާއިރު މެދުވެރިވާ ޙާލަތެކެވެ. އިމާމުމީހާ އަންނަ އިރު އެންމެ އަންހެނަކު ފިޔަވާ އެހެން ބަޔަކު މިސްކިތުގައި ނެތުމުން ނަމާދުފަށަނީއެވެ. އެއަށް ފަހު މީސްތަކުން އަތުވެދާނެއެވެ. 

މުހިންމުކަމަކީ ފިރިހެނުންނާއެކު ނަމާދުކުރާއިރު އަންހެނުން ހުއްޓި ތިބެންޖެހެނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ މަޙްރަމުންނާއެކު ނަމާދުކުރިނަމަވެސް ނުވަތަ އެނޫންމީހުންނާއެކު ނަމާދުކުރިނަމަވެސް އެވެ. 

މިއަށް ބިނާކޮށް، ފިރިހެނަކު އޭނާގެ އަނބިމީހާއާއެކު ނަމާދުކުރާނަމަ ފަހެ އެއަންހެނާ ހުއްޓޭނީ އޭނާގެ ފަހަތުގައިކަން ކަށަވަރެވެ. 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله 

مجموع الفتوى لإبن عثيمين / مجلد: ١٥/ ص: ٢٠٧- ٢٠٨ / طبعة: دار الثريا للنشر

 

މިއަދު އޮންލައިން