ފައިދާކުރާނީ ތިމާގެ ރޫޙަށް ރީތިކަން ގެނެސް އެކަމުގެ ސަބަބުން ސުވަރުގެ ވަދެވޭނެ މީހަކަށް ވެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފައިދާކުރާނީ ތިމާގެ ރޫޙަށް ރީތިކަން ގެނެސް އެކަމުގެ ސަބަބުން ސުވަރުގެ ވަދެވޭނެ މީހަކަށް ވެވިގެން!

ބޭރުފުށުގެ ރީތިކަން އެކިމީހުންނަށް ދެއްވަވަނީ އެކި މިންވަރަށެވެ. އެކި މުއްދަތަށެވެ. އެމުއްދަތު ހަމަވުމުން ރީތިކަމަށް ބަދަލު އައުދެއެވެ. ކުޑަވެގެންދެއެވެ. ޒުވާން އިރު ހުރި ރީތިކަމުގައި ގިނަދުވަހަށް ދެމިހުރެވެނީ އެނިޢްމަތް މިންވަރުކުރައްވަވާ މީހަކަށެވެ. ފެންނަތަނުގައި އެއީ ވަރަށް މަދުބައެކެވެ. 

ގަދައަޅައި މަސައްކަތްކުރަންވީ ހިތުގެ ރިތިކަން ދެމެހެއްޓުމަށެވެ. ޠޯހިރު ހިތެއްގެ ވެރިއަކަށް ވެގެން ހުރުމަށެވެ. އެކަމަކަށް ވަކި ޢުމުރެއް ނެތެވެ. އެންމެ ކުޑައިރުންސުރެ މަރުވަންދެންވެސް ހިތުގެ ރީތިކަން ދެމެހެއްޓިދާނެއެވެ. 

ތިމާގެ ރީތިކަން ޙިމާޔަތްކުރަން ކިތަންމެ ގިނަ ފައިސާ ޚަރަދުކޮށް ކިތަންމެ ގިނަ މަސައްކަތްކުރި ނަމަވެސް އަދި އެ މަސައްކަތުން ކާމިޔާބީއެއް ލިބުނު ނަމަވެސް އެއީ ހަމަ ދާދި ކުރުކުރު މުއްދަތެއްގެ ކަމެކެވެ. ވަގުތު ޖެހުމުން ނެތި ހިނގައިދާނެއެވެ. 

ހިތް ޒީނަތްތެރިކޮށް ތިމާގެ ރޫޙަށް ރިވެތިކަން ގެންނަން ކުރާ މަސައްކަތުގެ ފައިދާ ދުވަހަކުވެސް ގެއްލި ނުގޮސް އެކަމުން ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން