ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: އެނަމާދެއް ކުރުމުން ތިމާގެ ހުރިހާ ހުޅުތަކުން ﷲ ތަޢާލާއަށް އެދުވަހު އަދާކުރަންޖެހޭ ޞަދަޤާތް އަދާކުރެވޭ ނަމާދަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: އެނަމާދެއް ކުރުމުން ތިމާގެ ހުރިހާ ހުޅުތަކުން ﷲ ތަޢާލާއަށް އެދުވަހު އަދާކުރަންޖެހޭ ޞަދަޤާތް އަދާކުރެވޭ ނަމާދަކީ ކޮބާ؟

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ ދުވަހަކު ކިޔުންތެރިއަކަށް އިނާމެއްގެ ގޮތުގައި ދެމުން އައި ލެގިލައިގެން އިނދެވޭ މުސައްލަ ޢަދަދު ހަމަވުމާއި ގުޅިގެން މިފަށަނީ ކޮންމެ ދުވަހަކު ސުވާލަށް ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭނެ ސުވާލުތަކެވެ.

ޢާންމުކޮށް ހުވަނދު ހަދިޔާ ދެމުން މިއަންނަނީ ރަމަޟާން މަހުގައެވެ. މިއަހަރު ކުރިއަށް މިފަށަނީ ކިޔުންތެރިން ދެއްވަމުން ގެންދަވާ ތަރްޙީބް ބޮޑުކަމުން ރަމަޟާން މަހާއި ބައްދަލުވާން ކުރިއަށް އޮތް ދުވަސްކޮޅަށްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

މިއަދުގެ ސުވާލު:

އެނަމާދެއް ކުރުމުން ތިމާގެ ހުރިހާ ހުޅުތަކުން ﷲ ތަޢާލާއަށް އެދުވަހު އަދާކުރަންޖެހޭ ޞަދަޤާތް އަދާކުރެވޭ ނަމާދަކީ ކޮބާ؟  

އެހީ:

ޟުޙާ ނަމާދު- 2 ރަކްޢަތް ނަމަވެސް! 

· It was narrated from Abu Dharr (may Allah be pleased with him), from the Prophet (blessings and peace of Allah be upon him) that he said:         

“In the morning a charity is due from every joint of one of you. Every Tasbihah is a charity, every Tahmidah is a charity, every Tahlilah is a charity, every Takbirah is a charity, enjoining what is good is a charity, forbidding what is evil is a charity, and two Rak`ahs offered in the forenoon (Duha) will suffice for that .”

(Narrated by Muslim, 1181)

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

މިއަދު އޮންލައިން