ޖިންނި ފައްސަންވިޔަސް ރަން ނުވަތަ ރިހީގެ ބަޑިއަކަށްލައިގެންވެސް ތަވީދު ނާޅާށެވެ! ވާނީ ކައިރި! އަދި އެއީ ގައިގަ އެލުވޭ އަލިފާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޖިންނި ފައްސަންވިޔަސް ރަން ނުވަތަ ރިހީގެ ބަޑިއަކަށްލައިގެންވެސް ތަވީދު ނާޅާށެވެ! ވާނީ ކައިރި! އަދި އެއީ ގައިގަ އެލުވޭ އަލިފާން!

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ބައެއް މީހުން ޖިންނި ޝައިޠޯނުން ދެކެ ބިރުގަންނާތީ ނުވަތަ އެއްޗެތީގެ އުނދަގޫތަކުން ސަލާމަތްވުމުގެ ބޭނުމުގައި ސިހުރުވެރިންގެ ގާތަށްގޮސް ތަވީދު ހޯދައިގެން އަޅައެވެ. އެއިރުން އެއްޗެތި ވާނީ ކައިރިއެވެ! ފަހަރެއްގަ ކުރިން ކުރިވަރަށް އުނދަގޫ ނުކޮށްވެސް ފާނެއެވެ. އެއީ އެމީހާ ލައްވައި ޝިރުކުރެވުނީތީ އުފަލުންނެވެ. ޝިރުކުކުރުންމަތީގައި ބަހައްޓުވަންވެގެންނެވެ.  

އަދިވެސް ދަންނާށެވެ! ރަން ނުވަތަ ރިހީގެ ބަޑިއަކަށްލާފައި ނަމަވެސް ތަވީދެއް ގައިގައި އަލައިފިނަމަ ނުވަތަ ކަރުގައި އެލުވައިފިނަމަ އެއުޅެވެނީ ގައިގައި އަލިފާން އެލުވައިގެންކަމަށް ބަލައި އެކަމަށް ބިރުވެތިވާށެވެ!"  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ތަވީދަކީ ކޮބާ ހެއްޔެވެ؟ އަދި ތަވީދު އެޅުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: 

ތަވީދަކީ ރައްކާތެރިކަން ހޯދުމުގެ ބޭނުމުގައި ހަށިގަނޑުގައި އަޅާ އެކި ބާވަތްތަކުގެ ތަކެއްޗަށް ކިޔާ ނަމެކެވެ. އާންމުކޮށް އެފަދަ ތަކެތި އަޅުވަނީ ކުޑަކުދިންގެ ގައިގައެވެ. އަދި ބޮޑެތި މީހުންވެސް ބައެއް ފަހަރު އެފަދަ ތަކެތި އަޅައެވެ. އެފަދަ ތަކެތި އެޅުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ޙަރާމްކަމެކެވެ. އަދި ޝިރުކުގެ ޢަމަލެކެވެ.  

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްބަސްފުޅުގައި ވެއެވެ.

«مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ» [رواه أحمد (17422) وصححه الألباني في صحيح الجامع الصغير (6394)]

މާނައީ: "ތަވީދެއް އަޅައިފިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ ޝިކުރުކޮށްފިއެވެ."    

ތަވީދު އަޅާ މީހާ އެއާ މެދު ޤަބޫލުކުރާ ޤަބޫލުކުރުމުގެ މައްޗަށް ބިނާކޮށް އެކަމުގެ ޙުކުމް ތަފާތުވެގެންވެއެވެ. އެގޮތުން:

-ތަވީދަކީ އޭގެ ޛާތުގައި ފައިދާ ކުރާ އެއްޗެއް ކަމަށް ޤަބޫލުކުރާ މީހާ އެކުރަނީ ބޮޑު ޝިރުކެވެ. އެހެނީ ގެއްލުމާއި ފައިދާވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.

-ތަވީދަކީ ގެއްލުން އެއްކިބާކުރުމުގެ ސަބަބެއްކަމުގައި ﷲ ތަޢާލާ ލައްވާފައިވާ އެއްޗެއްކަމަށް ޤަބޫލުކުރާ މީހަކު އެ ކުރަނީ ކުޑަ ޝިރުކެކެވެ. އެހެނީ އެއީ ގެއްލުން އެއްކިބާކުރުމުގެ ސަބަބެއްކަމުގައި ﷲ ތަޢާލާ ލައްވާފައިވާ އެއްޗެއް ނޫނެވެ. 

[ބައްލަވާ: المفيد في مهمات التوحيد لعبدالقادر عطا (ص: 226 - 227)]

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

މިއަދު އޮންލައިން