ނަމާދާމެދު އެނގެންޖެހޭ ކަމެއް!: ހަށިގަނޑު ފެންނަ ގޮތަށް ލޯގަނޑު ކުރިމަތީގައި ހުރެ ކުރާ ނަމާދު ކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ނަމާދާމެދު އެނގެންޖެހޭ ކަމެއް!: ހަށިގަނޑު ފެންނަ ގޮތަށް ލޯގަނޑު ކުރިމަތީގައި ހުރެ ކުރާ ނަމާދު ކުރުން-

"ލޯގަނޑެއްގެ ކުރިމަތީ ހުރެގެން ކުރާ ނަމާދު ޞައްޙަ ވާނެއެވެ. އެ ލޯނގަޑު ހުރީ ނަމާދު ކުރަން ހުރި މީހާއާ ދިމާލުން ކުރިމަތީގައި ކަމުގައިވެފަ، އަދި ނަމާދު ކުރާމީހާ ލޯގަނޑުން ފެންނަން ހުރިކަމުގައިވިޔަސް، އޭނާގެ ނަމާދު ޞައްޙަ ވެގެންވެއެވެ. އެހެނެއްކަމަކު ނަމާދަށް ހުންނަ މީހާ، އޭނާގެ ނަމާދުން ބޭރު ޚިޔާލުތައް ގެނުވާ ހުރިހާ ކަމަކުން ދުރުހެލިވުމަށް މަސައްކަތް ކުރަންޖެހޭނެއެވެ."

ބައްލަވާ: اللؤلؤ فتاوى الشيخ ابن جبرين، ص: 103.

ނަމާދުކުރަން ހުރި ކޮޓަރީގެ 4 ބިތުގައި އެއްކޮށް ބިއްލޫރި ލޯގަނޑު ހުރުމަކުންވެސް އެއީ ނަމާދު ޞައްޙަނުވާނެ ސަބަބެއް ނޫނެވެ. ނަމަވެސް ކުރަންޖެހޭނެ ކަމަކީ ލޯގަނޑުން ބަލައި ނުވަތަ ނުބަލައިވެސް ހިތަށް ގެންނަން ނުޖެހޭ ވަސްވާސްތައް ނުގެނައުމެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ކުރުމެވެ.

ވީމާ ކޮޓަރީގައި ކިތަންމެ ބޮޑު ލޯގަނޑެއް ހުރިނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އޮތީ ނަމާދަށް ހުންނައިރު އެއަށް ނުބެލުމެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން