ދަރިންނަށް ނަން ކިޔުމުގަ ވިސްނަންވީ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދަރިންނަށް ނަން ކިޔުމުގަ ވިސްނަންވީ ކަންތައް-

ދަރިންނަށް ޢަރަބިބަސް ނޫން ބަހަކުން ނަންކިޔުމާއިމެދު ބައެއް ކިޔުންތެރިން ސުވާލު އުފައްދައެވެ. އެހެންކަމުން ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ކަން އޮތް ގޮތެވެ.

ތަންކޮޅެއް ކުރީގެ ޒަމާނަށް ބަލައިފިނަމަ ލިބޭ ދަރިފުޅަށް ކިޔާނެ ނަމަކާއިމެދު ވިސްނަނީވެސް ދަރިފުޅު އުފަންވުމުންނެވެ. އެއިގެ އެންމެ ބޮޑު ސަބަބަކީ އެޒަމާނުގައި ދަރިފުޅު އުފަން ނުވަނީސް ދަރިފުޅުގެ ޖިންސުވެސް ނުއެނގޭތީއެވެ.

މިހާރު އެހެނެއް ނޫނެވެ. ބަލިވެއިންނަތަނާހެން ލިބެން އުޅޭ ދަރިފުޅުގެ ޖިންސް ވަކިކުރަން އެބަ އެނގެއެވެ. އެހެންވެ އެހިސާބުން ދަރިފުޅަށް ކިޔާނެ ނަމަކާއިމެދު ވިސްނަންވެސް ފަށައެވެ.

ކިޔާނެ ނަމެއް ކަނޑައަޅަން މަސައްކަތްކުރަމުން އަންނައިރު ދަރިފުޅަށް ނަންކިޔަންޖެހޭނީ ވަކިބަހަކުންކަމާއިމެދު ޢާއިލާގެ ތެރޭގައިވެސް ބަޙުސް ކުރެވެއެވެ.

މިމައްސަލައަށް ޑރ. މުޙައްމަދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ "ދަރިންނަށް ވަކި ބަހަކުން ނަން ކިޔުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކޮންމެ ބަހަކުން ނަންކީ ނަމަވެސް މާނަ ރަނގަޅު ނަމަ މައްސަލައެއް ނެތް" ކަމަށެވެ.

ﷲ ތަޢާލާ ޤިޔާމަތް ދުވަހު މީސްތަކުންނާއި މުޚާޠަބް ކުރައްވަވާނީ އެމީހަކަށް ދުނިޔޭގައި ކިޔައި އުޅުނު ނަމަކުންނެވެ. މާނައަކީ އެމީހަކަށް ﷲ ތަޢާލާ ގޮވައިލައްވަވާނީ އެމީހާގެ ބައްޕަގެ ނަން ވެސް ހިމެނޭ ގޮތަށް އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ.

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވެފައިވެއެވެ. "ދަރިއަކު ލިބުމުން ރަނގަޅު ނަމެއް ކިޔުމާއި ތައުލީމްދީ ތަރުބިއްޔަތުކޮށް ބޮޑުކުރުމާއި ހެޔޮ ލަފާ، ތަޤްވާވެރި ފިރިއަކު ހޯދައި ދިނުމަކީ ބައްޕައިންގެ މައްޗަށް އޮތް ޙައްޤެކެވެ. މިކަންކަން ޙަދީޘްފުޅުތަކުން ސާބިތުވާނެއެވެ."

މިފަދަ ސަބަބުތަކަށްޓަކައި މުސްލިމުންނަށް ކިޔައި އުޅޭ ރިވެތި، މަތިވެރި ނަންތަކުން ދަރިންނަށް ނަން ކިޔުމަށް ދީނީ ޢިލްމުވެރިން ބާރު އަޅުއްވަވައެވެ.

"ފިރިހެންކުދިންނަށް އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ ނަންފުޅުތަކާއި ޞަޙާބީންގެ ނަންފުޅުތަކާއި ރަސޫލް ބޭކަލުންނާއި ނަބީ ބޭކަލުންގެ ނަންފުޅުތަކުން ނަންކިޔުން ރަނގަޅެވެ. އަންހެން ދަރިންނަށް ރަސޫލް (ﷺ) ގެ އަނބިިއަނބިކަނބަލުންނާއި ޞަޙާބީ ބޭކަނބަލުންގެ ނަންފުޅުތައް ފަދަ ނަންފުޅުތަކުން ނަންކިޔާށެވެ." އަހަރެމެންނަށް ޢިލްމުވެރިންނަށް ދެއްވަވާ މިފަދަ ނަޞޭޙަތްތަކުގައި ހިފަހައްޓާށެވެ

 

މިއަދު އޮންލައިން