ރައީސް މާއެނބޫދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ރައީސް މާއެނބޫދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު މާއެނބޫދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ އެމަނިކުފާނު ދ. އަތޮޅަށް ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

މި ދަތުރުފުޅުގެ ތެރެއިން މާއެނބޫދޫގައި ބައެއް މުހިންމު މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުން ހިމެނެއެވެ.

ދ. އަތޮޅަށް ރައީސް މުޢިއްޒު ކުރައްވާ މި ދަތުރުފުޅު ފައްޓަވާފައިވަނީ އިއްޔެ ހަވީރުއެވެ. މި ދަތުރުފުޅަކީ އަތޮޅުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމަށް ރަށްރަށުގެ ރައްޔިތުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން