ކުރިއަށް އޮތީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް އުޖާލާ ދުވަސްވަތެކެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކުރިއަށް އޮތީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް އުޖާލާ ދުވަސްވަތެކެއް: ވަޒީރު

ކުރިއަށް އޮތީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް އުޖާލާ ދުވަސްވަރެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަސްވެރިކަން ރަނގަޅެވެ. އެގޮތުން ކޮންމެ ދުވަހަކު މިފްކޯއަށް އެވްރެޖްކޮށް 450 ޓަނުގެ މަސް ކިރުވަމުންދާ ކަމަށާއި، މަސްވެރިންނަށް ދުވާލަކު 5 އިން 6 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަހަރު މަސްވެރިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ، މި މަޝްރޫޢުތައް ނިމުނީމައި، ކުރިއަށް އޮތް 50 ނޫނީ 60 އަހަރަށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4،000 ޓަން އިތުރުކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިހާރު ރާއްޖޭގެ ކޯލްޑް ސްޓޯރޭޖްގެ ޖުމްލަ ކެޕޭސިޓީއަކީ 8،500 ޓަނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދާ އެއްގޮތަށް، މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މި ދައުރު ތެރޭގައި އިތުރު 15،500 ޓަން އިތުރުކޮށް، މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން