މާއެނބޫދޫ އޭޓީއެމް ޚިދުމަތް ރައީސް ރަސްމީކޮށް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މާއެނބޫދޫ އޭޓީއެމް ޚިދުމަތް ރައީސް ރަސްމީކޮށް ފަށްޓަވައިދެއްވައިފި

ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. 

މާއެނބޫދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް ހުޅުއްވައިދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅަށް އޭޓީއެމްގެ ޚިދުމަތް ބޭނުންކުރައްވައި ފައިސާ ނަންގަވާފައެވެ. އަދި އެމަނިކުފާނު ބޭނުންކުރެއްވި ކާޑު ވަނީ މާއެނބޫދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ.

މި ކާޑާ މާއެނބޫދޫ ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ރަށު ކައުންސިލްގެ ރައީސް ޔޫސުފް ސަޢީދު އެވެ. މި އޭޓީއެމް ޚިދުމަތް ފެށުމާއެކު މާއެނބޫދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. 

މިއަދު އޮންލައިން