އޭޕްރީލް 7 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
އޭޕްރީލް 7 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ނިންމައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފެށުމަށް ތަޢުލީމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ. 

އާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ ޖުލައި މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ކުރީގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގައެވެ. ނަމަވެސް، 2021 ވަނަ އަހަރު ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުމަށް އައި ބަދަލުތަކާއެކު، އެ އަހަރުގެ ދިރާސީ އަހަރު ވަނީ ފަސްކުރަން ޖެހިފައެވެ. އޭގެ ފަހުން ދިރާސީ އަހަރު ފަށަމުން އައީ އޮގަސްޓު މަހުގައެވެ.

މިހާރު އަލުން އެކަޑެމިކް ކަލަންޑަރަށް ގެނެވުނު ބަދަލާއެކު، ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމަށް ވަނީ އޭޕްރީލް މަހަށް ކަނޑައަޅާފައެވެ.

މިއަދު އޮންލައިން