ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ހާމަކުރެއްވި ގޮތުގައި ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރާނީ 3 ދުވަހުއެވެ.
ޑީއެންއާރުން އާންމުކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ ދުވަސްތަކުގައި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ދެމުން ގެންދާނީ ހެނދުނު 9:15 އިން 11:30 އަށެވެ. މި ޚިދުމަތް ދެމުން ގެންދާނީ ކިއުބީން ނަންބަރު ނަގައިގެންނެވެ. އަދި ދުވާލަކު ދޫކުރާނީ 150 ނަންބަރެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ތެރެއިން އައިޑީކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ މާރިޗް 23، 25 އަދި 27 ވަނަ ދުވަހުއެވެ. މި ދުވަސްތަކުގައިވެސް ދުވާލަކު ދޫކުރާނީ 150 ނަންބަރެވެ.
އިމަރޖެންސީ ހާލަތްތަކުގައި އައިޑީކާޑުގެ ޚިދުމަތް ހޯދުމަށް 7280368 ނަންބަރާ ގުޅުމުން ޚިދުމަތް ލިބޭނެ ކަމަށް ޑީއެންއާރުން ވަނީ ހާމަކުރައްވާފައެވެ. މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހުގައިވެސް ޑީއެންއާރުން ޢަމަލުކުރަމުން އަންނަ އުސޫލެކެވެ.