ދ. އަތޮޅު ބަނޑިދޫގައި އަލަށް ޤާއިމްކުރާ އައިސް ޕްލާންޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
އައިސް ޕްލާންޓުގެ ބިންގާ އަޅުއްވައި ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. މި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިތުރުން މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފް އަދި ބަނޑިދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
30 މެޓްރިކް ޓަނުގެ ޖާގައިގެ މި އައިސް ޕްލާންޓަކީ، 21 ކަންނެލި ދޯނި ދުއްވާ މުހިންމު މަސްވެރި ރަށެއް ކަމުގައިވާ ބަނޑިދޫގެ މަސްވެރިންނަށް ލުއިފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްވެގެންދާނެ މަޝްރޫޢެކެވެ. މިހާރު އައިސް ޕްލާންޓެއް ނެތުމުގެ ސަބަބުން، މަސްވެރިން އައިސް ހޯދުމަށް ދުރަށް ދަތުރުކޮށް، އިތުރު ތެލުގެ ޚަރަދު ކުރަން ޖެހިފައިވާ ދަތި ހާލު ނިމުމަކަށް އަންނާނެއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ އިޤްތިޞާދުގެ މައިގަނޑު ތަނބެއްކަމަށާއި، މަސްވެރިންނަށް އެހީތެރިވުމަށް ސަރުކާރުން ދެމިހުންނާނެ ކަމަށެވެ.
"މި މަޝްރޫޢަކީ މަސްވެރިންގެ ދަތިތައް ހައްލުކުރުމަށާއި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ރަމްޒީ މިސާލެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އައިސް ޕްލާންޓް ޤާއިމްކުރުމުން، ބަނޑިދޫގެ މަސްވެރިންނަށް އެކަށީގެންވާ އަގެއްގައި ފަސޭހަކަމާއެކު އައިސް ލިބި، މަސްވެރިކަމުގެ މަސައްކަތް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.