ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް އެޗްޑީސީން ތަރައްޤީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް އެޗްޑީސީން ތަރައްޤީކުރަނީ

ގަސް އާލާކުރުމަށް ޚާއްސަކޮށްގެން ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މިކަމަށް ބޭނުންވާ ބިން އެރަށުން ވަނީ ހަމަޖެހިފައެވެ.

މި ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެހިފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ލ. ގަމަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިންނެވެ. އެމްޑީ ވަނީ މި ދަތުރުފުޅުގައި އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި ބިން ބައްލަވާލައްވާފައެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެ ކުންފުނިން އެއް މިލިޔަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރާ ނާސަރީއެކެވެ.

މި ނާސަރީގައި ހައްދާ ގަސްތައް ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދުމަށް ބޭނުންކުރާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން