އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ޕްރޮކްސީ ގުރޫޕާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ޕްރޮކްސީ ގުރޫޕާއި ހަވާލުކޮށްފި

ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ޕްރޮކްސީ ގުރޫޕާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ މުޙައްމަދު އައިހަމް އަޙްމަދު ޝާހިދުއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 2 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ރަމަޟާން މަސް ފެށުމުގެ ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

އުނގޫފާރު އިސްލާމީ މަރުކަޒުގައި ރަމަޟާން މަހުގެ ކުރިން ވިނައިލް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވީ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. 

"އުނގޫފާރު އިސްލާމިކް ސެންޓަރުގައި އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިން ކާޕެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެން" އަހާ ފޯރަމްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ. 

މި މަސައްކަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

 

މިއަދު އޮންލައިން