ތިބާ ކުރަން ބޭނުންވެ މަސައްކަތްކުރާ ކަމެއް ނުކުރެވޭނެކަމަށް ބުނާ މީހުންގެ ބަސް އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ! ކާމިޔާބު ދެއްވަވާނީ ﷲ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިބާ ކުރަން ބޭނުންވެ މަސައްކަތްކުރާ ކަމެއް ނުކުރެވޭނެކަމަށް ބުނާ މީހުންގެ ބަސް އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ! ކާމިޔާބު ދެއްވަވާނީ ﷲ!: މުފްތީ މެންކް

ޔަޤީންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ކުރަން މަސައްކަތްކުރާ ކަމެއް ނުކުރެވި ލަސްވާނީވެސް އަދި ނުކުރެވޭނީވެސް އެގޮތް އެމީހަކަށް ފައިދާބޮޑުވުމުންނެވެ. އެކަމުގައި ފޮރުވިގެންވާ ސިއްރު އަހަރެމެންނަށް ނުއެނގެނީއެވެ.

ކުރަން އުޅޭ ކަންކަން ނުކުރެވި ލަސްވެއެވެ. އަދި ބައެއް ކަންކަން ނުކުރެވިވެސް ހިނގައިދާނެއެވެ. މިފަދަ ޙާލަތްތަކުގައި ބައެއް މީހުން އައިސް ތިއަ ކަމެއް ނުކުރެވޭނެއޭ ކިޔައިގެން ވާހަކަދައްކާނެއެވެ. އެގޮތަށް ވާހަކަދައްކާނަމަ އެކަން އެމީހަކަށް އެނގުނީ ކޮން ގޮތަކުންތޯ ސުވާލުކޮށްލާށެވެ!

ތިމާ ކުރަން މަސައްކަތްކުރާ ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ހިތްވަރު އެލުވައިލަން ވާހަކަ ދައްކާ މީހުންގެ މަޅީގައި ނުޖެހޭށެވެ. ޙާޞިލުކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އުންމީދާއިއެކު މަސައްކަތްކުރުމެވެ.

އެފަދަ މީހުން ދައްކާ ވާހަކަތައް ޤަބޫލުކޮށް ފަހަތަށް ނުޖެހޭށެވެ. އަބަދުވެސް ތިމާ އެދޭކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުރެގެން ކުރިއަށް ދިއުމަށް މަސައްކަތްކުރާށެވެ. ހުރަސްތައް ކުރިމަތިވާނަމަ ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ!

ހަމައެކަނި ޔަޤީންކުރަންވީ ތިމާ މިކުރަނީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަމެއް ކަމެވެ. އަދި އެކަން ކުރުމުން އެހެން މީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމެވެ. އަދި މިކުރެވެނީ އެމީހަކަށް އެކަމުން ފައިދާކުރާނެ ކަމެއް ކަމެވެ.

އެކަންކަން ޔަޤީންކޮށްގެން ހުރެ ކުރަންބޭނުންވާ ކަންކަން ކުރަމުން ގެންދާއިރު މާޔޫސްވާނެ ގޮތްގޮތަށް ވާހަކަ ދައްކާ މީހުންނަކީ ތިބާއަށް އެކަން ނުކުރެވެން އެދޭ ބައަކު ކަމުގައިވެދާނެއެވެ. ވީމާ އޮތީ އެފަދަ މީހުން ދައްކާ ވާހަތަކަށް ސަމާލުކަން ނުދިނުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން