ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެއްވެސް ކަމަކަށް ބޭނުންވެގެން ހުންނަ މީހާ ރޭގަނޑުގެ 3 ބައިން ފަހުބައިގައި ހޭލައި ރޭއަޅުކަންކޮށް، ޛިކުރުކޮށް ތިމާގެ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދިގެން ދުޢާނުކުރާނަމަ އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ބޭނުންވެގެން ހުރި މީހެއް ކަމުގައެއް ނުބެލެވޭނެއެވެ.
ހިތާމައަކީ އެތައް ބައިވަރު މައްސަލަތައް ކުރިމަތިވެ އެތައް ކަމަކަށް ބޭނުންވެގެން ތިބޭއިރުވެސް ކަންނެތްވެ ނިދަން ތިބެވޭ ކަމެވެ. އެމީހަކު ނިދަން އޮތީ އަމއްލައަށް ކިތަންމެ ބޮޑު އަގު ދީފައި ގަނެފައިވާ އެނދެއް، ގޮދަނޑިއެއް ނުވަތަ ތަންމައްޗެއްގައި ނަމަވެސް އެއިރުން އެމީހަކަށް ނިދަން އެއޮވެވެނީ ޝައިޠޯނާގެ ތަންމަތީގައެވެ. މާނައަކީ އެމީހަކު އެވަނީ ޝައިޠޯނާގެ ބާރުގެ ދަށުގައެވެ.
މީސްތަކުންނޭވެ! ހީވާގިވެލާށެވެ! ދުނިޔެއާއި އާޚިރަތުގެ ނަބީބު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ކުރިމަތިވެފައިވަނީ ކިތަންމެ ބޮޑު މައްސަލައެއް ނަމަވެސް އެކަން ބޮޑުކަމަކަށްވެ ޙައްލުނުކުރެވިގެން މިއުޅެނީ އަހުރެމެންނަށެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވުމާއިއެކު އެކަމެއް އޮންނާނީ ޙައްލުކުރެވިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ސުވާލަކާއި ޖަވާބު:
ސުވާލު: އަޅުގަނޑުއަޑު އަހާފައިވާ ގޮތުގައި މެންދަމުގެ ތިންބައިކޮށްފައި ފަހުބައިގައިދުނިޔޭގެ އުޑަށް ﷲ ފައިބާވަޑައިގަންނަވާ އަޅުތަކުންގެ ދުޢާއަޑުއައްސަވައެވެ. އެހެންވެ އަޅުގަނޑު ދަމު ނަމާދުކޮށް ވިތުވިކުރަނީމެންދަމުން 4 ޖަހާއިރު ހޭލައިގެންނެވެ. ސަބަބަކީ އެހާއިރު ހޭލާފައި ފަތިސްނަމާދުކުރަން ހޭލާވެސް ހުރެވޭނެތީއެވެ. ނަމަވެސް އިހަކަށް ދުވަހަކުދިޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ޢިލްމްވެރިއަކު ވިދާޅުވީ ﷲ ދުނިޔޭގެއުޑަށް ފައިބާވަޑައިގަންނަވާނީ މެންދަމު 2ކާއި 4ކާއި ދެމެދުކަމަށެވެ. އެހެންވީމާ އަޅުގަނޑު ނަމާދުކޮށް ދުޢާމިކުރެވެނީ ﷲ ދުނިޔޭގެ އުޑަށްފައިބާވަޑައިގަންނަވާ ގަޑީގަކަމާއިމެދު ޝައްކު އުފެދިއްޖެއެވެ. މިކަމުގެރަގަޅުގޮތް އަންގަވާދެއްވުން އެދެމެވެ؟"
ޖަވާބު:
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ދަމުނަމާދު ކުރަން އެންމެ ރަގަޅީ ރޭގަޑު ގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ރަސޫލް -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ޙަދީޘް އެއްގެ މާނާގައިވެ އެވެ. "ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްފައިބައިވަޑައިގަންނަވައެވެ. އަދި ދަންނަވައެވެ.ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ؟ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާ ހުށީމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހަކަށް އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސަވައިދެއްވުން އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހެއްގެ ފާފަ ފުއްސަވާދެއްވާ ހުށީމެވެ". މިގޮތުގައި ފަޖުރުލުމާއި ހަމަ އަށް މާތް ﷲ ވޮޑިގެންވެ އެވެ.
އަދިވެސް އެހެން ޙަދީޘް އެއްގައިވެ އެވެ. "ރޭގަނޑުގައި ވަގުތެެއްވެ އެވެ. އެވަގުތެއްގައި ދުނިޔެ އާއި އާޚިރަތުގެ ހެވަށް އެދި މުސްލިމަކު ދުޢާކޮށްފިނަމަ މާތް ﷲ އެދުޢާ އެއް އިޖާބަ ކޮށްދެއްވާނެއެވެ. މިވަގުތުކޮޅު ކޮންމެ ރެއެއްގައިވެސްވެ އެވެ.
އަދިވެސް ރިވާވެގެންވެ އެވެ. "ﷲ އާއި އަޅާ އެންމެބޮޑަށް ކުއްތަންވެވޭނީ ރޭގަނޑުގެ އެންމެފަހު ދަމަށް އެޅުމުންނެވެ. އެގަޑީގައި މާތް ﷲ ޛިކުރު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަންކުރާހުށިކަމެވެ.والله أعلم.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް