ކުރާ ކަމެއްގެ ސަބަބުން ޢާއިލީ ދިރިއުޅުމަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވިގެން ނޫނީ ބައިވެރިޔާގެ ކަންކަމަށްނަމަވެސް ފާރަލުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކުރާ ކަމެއްގެ ސަބަބުން ޢާއިލީ ދިރިއުޅުމަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވިގެން ނޫނީ ބައިވެރިޔާގެ ކަންކަމަށްނަމަވެސް ފާރަލުން ހުއްދައެއް ނޫން!

އަހުރެން މިތަނުގައި ފާރަލުން މާނަމިކުރަނީ އުޅޭ ގޮތް ބެލުމަކަށް ނޫނެވެ. ގެންގުޅޭ ފޯނުފަދަ އެއްޗެތި ސިއްރުން ބެލުމަށެވެ. އަނބިމީހާ ކަމަށްވީނަމަވެސް އަދި ފިރިމީހާ ކަމަށްވީނަމަވެސް އެއީ ހަމަ ހިތަށް އިރާއިރަށް ކޮށްގެންވާނެ ކަމެއް ނޫނެވެ. 

އަދި ބުނަންހެއްޔެވެ؟ މިޒަމާނުގައި ސިއްރުން ފޯނުބަލައިގެން އެނގޭނެ ކަމެއްވެސް ނުއޮންނާނެއެވެ. ޑިލީޓްކުރެވޭނެތީއެވެ. ފޯމެޓްވެސް ކުރެވޭނެތީއެވެ. ސިއްރުކުރަން ބޭނުންވާ އެއްޗެތި ފޯނަށް ސޭވްނުކޮށް ނުވަތަ ފޯނުގައި ނުބަހައްޓައި ގޫގްލް އެކައުންޓަށް ސޭވްކުރެވޭނެތީއެވެ. 

ދެން މިބުނަނީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތެވެ. ދެމީހުންނަކީވެސް އަނެކާގެ ފޯނަށް ބޭނުން އިރަކު އެކްސެސްވެވޭ މީހުންނަށްވާށެވެ! އެއިރުން ސިއްރުން ކަންކަން ކުރާކަށް ނުޖެހޭނެއެވެ. ހަމައެއާއިއެކު އެކެއްގެ ފޯނަށް އަނެކާއަށް އެކްސެސް ނުވެވޭނަމަ، ނުވަތަ ޕާސްވޯޑް ސިއްރުކޮށްގެން އުޅޭނަމަ އަނެކާގެ ޕާސްވޯޑް ގަދަކަމުން އަތުލަން ނުވަތަ ހޯދަން ނުއުޅޭށެވެ. އެއީ އިންބާފެއް ނޫނެވެ. 

ވީމާ އެންމެ ރަނގަޅު ގޮތަކީ އަދި ޙައްލަކީ ކައިވެނިކުރުމަށްފަހު އެއްވެސް ކަމެއް އަނެކާއަށް ސިއްރުނުކުރުމެވެ. ސިއްރު އެކުވެރިން ނުގެންގުޅުމެވެ. ސިއްރު ބައްދަލުވުންތައް ނުބޭއްވުމެވެ. ބައިވެރިޔާ ނުރުހޭނެ އެއްވެސް ކަމެއް ނުކުރުމެވެ. އެއިރުން އެކަކު އަނެކަކަށް ޖާސޫސްކުރާކަށް ނުޖެހޭނެއެވެ. އިތުބާރާއިއެކު އުފަލުގައި ދިރިއުޅުން ކުރިއަށް ގެންދެވޭނެއެވެ.

 

- މަޢުލުމާތު: ބިލާލް އައްސަދުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން