ދަރިން ނުލިބި ތިބޭ މީހުންނާ ސުވާލުތައް ގިނަކޮށް ފާޑުކިޔާނަމަ އެކަން ހިމެނޭނީ ޒާތީ ކަންކަމަށް ބެހުމާ ހިތުގަ ޖެއްސުވުމުގެ ޢަމަލަކަށް!: ބިލާލް އައްސަދް

ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަރިން ނުލިބި ތިބޭ މީހުންނާ ސުވާލުތައް ގިނަކޮށް ފާޑުކިޔާނަމަ އެކަން ހިމެނޭނީ ޒާތީ ކަންކަމަށް ބެހުމާ ހިތުގަ ޖެއްސުވުމުގެ ޢަމަލަކަށް!: ބިލާލް އައްސަދް

ސިއުޒާ

 

ބަހުސްތަކާއި ޒުވާބުކުރުމާއި މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމުގައި ތިބާގެ އަމިއްލަ ނަފްސް ބިޒީ ނުކުރާށެވެ. އެކަމުން ތިބާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ހަޤީގަތުގައި ޒާތީ ކަންކަން ވާންޖެހޭނީ ޒާތީ ކަންކަމަށެވެ.  

މިސާލަކަށް މީހުން އަބަދާއި އަބަދު އަހާނެ ކީއްވެގެންތޯ އަދިވެސް ކުއްޖަކު ނުހޯދަނީ؟ ގޭގަ ކީއްތޯ ކުރަނީ؟ ކީއްވެގެންތޯ މިހެން ނުހަދަނީ؟ ކީއްވެގެންތޯ އެހެން ނުހަދަނީ؟ "މީ ހައްތާވެސް ޒާތީ ކަންކަން. ދީނަކާއި ގުޅުމެއް ހުރި ކަމެއް ނޫން. ނަސޭހަތަކާއި ވެސް ގުޅުމެއް ހުރި ކަމެއް ނޫން. ފައިދާއެއް ވެސް ހުރިކަމެއް ނޫން." ނަމަވެސް ޣީބަ ބުނުމާއި ފާޑުފާޑު ވާހަކަ ފެތުރުމެވެ.  

އެހެންމީހުންގެ ޒާތީ އަމިއްލަ ކަންތައްތައް އެނގެން މަސެއްކަތް ކުރުން އެއީ ތިބާގެ ޒިންމާއެއް ނޫނެވެ. ބަހުސްކުރުމާއި ތިބާއަށް އެކަމަކުން ފައިދާއެއް ނުކުރާނެ ބޭކާރު ވާހަކަ ދެއްކުމަކީ ތިބާގެ ވަޤުތު ބޭކާރުކުރުމެވެ. "އިންޓަރނެޓުން އަބަދުވެސް ފެނޭ މީހުންގެ ކުށް ހޯދުމާއި ތާކުންތާކު ނުޖެހޭ ޒުވާބު ކުރުމާއި ކަންކަން. ކީއްވެގެންތޯ؟"   

ދަރިން ނުލިބޭނަމަ ދަރިން ލިބޭތޯ ކޮންމެ މީހަކުވެސް މަސައްކަތްކުރާނެއެވެ. މަސައްކަތް ނުކުރާނީ ދަރިން ބޭނުންނުވާ މީހެކެވެ. އެއީ ވަރަށް މަދު ބައެކެވެ. ވިސްނާލަންވީ ގިނަ ބައަކަށް ލިބޭ ނިޢުމަތެއް ނުލިބިގެން ކަންބޮޑުވެފައި ހުރި މީހަކާއި އެކަމުގެ ވާހަކަ ދެއްކުމުން އެމީހަކަށް ކުރާނެ އަސަރާއިމެދުގައެވެ. އެކަމުން އޭނާގެ ހިތުގަ ޖެހުން ނޫން ކަމެއް ނުވާނެއެވެ.  

އަހުރެމެންނަށް އޮތީ ހިތްދަތިކަމުގަ ތިބޭ މީހުން އިތުރަށް ހިތްދަތިކުރުވުމެއް ނޫނެވެ. އޭނާއަށް ހިތްވަރުދީ އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރުމެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން