ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ރަމަޟާން މަހު އިސްކަންދޭނީ އަޅުކަމަށްތަ؟ ކުޅިވަރުކުޅުމަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ރަމަޟާން މަހު އިސްކަންދޭނީ އަޅުކަމަށްތަ؟ ކުޅިވަރުކުޅުމަށްތަ؟

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ ދުވަހަކު ކިޔުންތެރިއަކަށް އިނާމެއްގެ ގޮތުގައި ދެމުން އައި ލެގިލައިގެން އިނދެވޭ މުސައްލަ ޢަދަދު ހަމަވުމާއި ގުޅިގެން މިފަށަނީ ކޮންމެ ދުވަހަކު ސުވާލަށް ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭނެ ސުވާލުތަކެވެ. 

ޢާންމުކޮށް ހުވަނދު ހަދިޔާ ދެމުން މިއަންނަނީ ރަމަޟާން މަހުގައެވެ. މިއަހަރު ކުރިއަށް މިފަށަނީ ކިޔުންތެރިން ދެއްވަމުން ގެންދަވާ ތަރްޙީބް ބޮޑުކަމުން ރަމަޟާން މަހާއި ބައްދަލުވާން ކުރިއަށް އޮތް ދުވަސްކޮޅަށްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ. 

މިއަދުގެ ސުވާލު:

ރަމަޟާން މަހު އިސްކަންދޭނީ އަޅުކަމަށްތަ؟ ކުޅިވަރުކުޅުމަށްތަ؟ 

އެހީ:

ޢިލްމްވެރިން ބަޔާންލުރައްވާ ގޮތުގައި ރޯދަމަހު ކުޅިވަރުކުޅެން ހުއްދަނަމަވެސް ރޯދައަށްހުރެވެސް އަދި ރޯދަވީއްލުމަށްފަހުގައިވެސް ތަފާތުކުޅިވަރުތައް ކުޅުމަކީ ބަރަކާތްތެރި ރަމަޟާން މަސް ކާމިޔާބުކުރަން ކުރަންޖެހޭ ކަންކަމާއި ދުރަށްދެވޭކަމެވެ. 

"އެއީ ކާފިރުން މިހިފާ ރޯދަ ހިފުމުގެ ސްޓައިލްއާއި ވައްތަރުވާކަމެއް. ޑޮކްޓަރުން ބުނީމާ އެމީހުން ތިބޭނީ ރޯދައަށް. ނުކައި ނުބޮއި. އެއިރުން އެއޮތީ އެމީހުން ރޯދަހިފި މަޤްޞަދުވެސް ޙާޞިލުކުރެވިފަ. އެކަމަކު މުސްލިމުންގެ ޢަޤީދާ މުޅިންތަފާތު! ހިފާ ރޯދަ ރޯދައަކަށްވަނީ ވިއްދައިގެން ނުވަތަ ގުޅުވައިގެން ވަރަށް ގިނަ ކަންތައްތަކެއް ކުރުމުން! 

ވީމާ ރޯދަމަހުގެ ދުވަސްތަކުގައި ކުޅިވަރުކުޅުމާއި ފިލްމްކުޅުމާއި މުނިފޫހިފިލުވުމުގެ ކަންކަމުގައި އުޅުމުގެ ބަދަލުގައި ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ލިބިގަންނަން މަސައްކަތްކުރީމާ ކުރާނެ ފައިދާ ބޮޑުވާނެއެވެ. އިން ޝާ ﷲ 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

މިއަދު އޮންލައިން