ގިނަވަޤުތު ގެއިން ބޭރުގަ އުޅެން ދެވިހިފާފައި ހުރި މީހަކާ ކައިވެނިކުރެވިއްޖެނަމަ ޙައްލުހޯދަން ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގިނަވަޤުތު ގެއިން ބޭރުގަ އުޅެން ދެވިހިފާފައި ހުރި މީހަކާ ކައިވެނިކުރެވިއްޖެނަމަ ޙައްލުހޯދަން ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ފުރަތަމަ ކަމަކީ ކައިވެނިކުރުމުގެ ކުރިން އޭނާގެ ދިރިއުޅުން ހުންނަ ގޮތް ބެލުމެވެ. އެކަން ނުކޮށް ކައިވެނިކުރާފަހުން އޭނާއަކީ ގިނަވަޤުތު ގެއިން ބޭރުގައި އުޅުމަށް ދެވިހިފާފައި ހުރި މީހަކުކަން އެނގުމުން ދެން ކުރެވޭނެ މާބޮޑުކަމެއް ނުއޮންނާނެއެވެ.  

އެޙާލަތުގައި އިރުއިރުކޮޅުން އޭނާއަށް ގުޅައި ހުރީ ކޮންތަނަކުތޯ؟ ގެއަށް އަންނާނީ ކޮންއިރަކުންތޯ ސުވާލުތައް ކިތަންމެ ގިނައިން ކުރިނަމަވެސް މާބޮޑު ފައިދާއެއް ނުކުރާނެއެވެ. ވީމާ ތިބާއަށް އޮތީ ގެއިން ބޭރުގައި ފިރިމީހާ އުޅުނަސް ކަންބޮޑުނުވެ އުޅެން ދަސްކުރުމެވެ.  

އެންމެ ފަސޭހަ ގޮތަކީ ދަރިން ތިބިނަމަ ދަރިންގެ ކަންކަމުގައި ބިޒީވުމެވެ. ދަރިން ތިބިނަމަވެސް އަދި ނެތް ނަމަވެސް ކޮންމެވެސް މަސައްކަތެއް ކުރަން ހިތްވަރުކުރާށެވެ! ކުރާނެ މަސައްކަތެއް ނުއެނގޭނަމަ ތިމާއަށް އެކަމަކުން ފައިދާކުރާނެ ކޮންމެވެސް ޢިލްމެއް އުނގެނެން މަސައްކަތްކުރާށެވެ! ނުވަތަ ގޭގައި އިނދެގެން ކުރާނެ މަސައްކަތެއް ދަސްކުރާށެވެ!  

މިހެން މިބުނަނީ އަބަދު އަޅުކަންކުރުމަކީ ކުރަން އެހާފަސޭހަ ކަމަކަށް ނުވާނެތީއެވެ. ނަމަވެސް އެއިގެ މާނައަކީ އަޅުކަން ނުކުރުމެއް ނޫނެވެ. ވީހާ ގިނައިން އަޅުކަންކުރަން މަސައްކަތްކުރަންވާނެއެވެ. އެކަމަށް މަސައްކަތްކުރުމާއިއެކު ފިރިމީހާގެ ކަންކަން އިޞްލާޙްވޭތޯ ދުޢާކުރާށެވެ!  

ދެން އޮތީ ފިރިމީހާގެ އެއުޅުމަށް ކެތްކުރަން ބޭނުން ނުވުމެވެ. އެހެންވެއްޖެނަމަ ނުބައި މަގަކުން ހިނގަން ނުފަށައި ރިވެތިގޮތުގައި ވަކިވާށެވެ! ނަމަވެސް ވަކިވާންވާނީ ވަރަށް ބޮޑަށް ވިސްނައި އެއީ އެންމެ ރަނގަޅު ނިންމުންކަން ޔަޤީންކުރުމަށްފަހުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން