ދަރިންނަށް ހަދިޔާ ދިނުމުގަ ބެލެނިވެރިން މި ގޯސް ނުހަދާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދަރިންނަށް ހަދިޔާ ދިނުމުގަ ބެލެނިވެރިން މި ގޯސް ނުހަދާށެވެ!: މުފްތީ މެންކް

ހަދިޔާ ދިނުމަށް ބަލައިލަމާތޯއެވެ. ތިބާއަކީ ބެލެނިވެރިއެކެވެ. އަދި ތިބާގެ ދަރިންނާއި މާމަ، ކާފަ ދަރިން އަދި ކޮންމެ މީހަކަށް ދިން ކަމުގައި ވިޔަސް ހަދިޔާ ދިނުމުގައި އިންސާފުވެރި ވާށެވެ. 

އަދި އިންސާފުވެރިވުމަކީ ކޮންމެހެން އަބަދަކު އެއްވަރު ވުމެއް ނޫނެވެ. މިސާލަކަށް ތިބާއަށް 20 އަހަރާއި 2 އަހަރުގެ ދަރިއަކު ލިބިފައިވެއެވެ. ތިބާގެ 20 އަހަރުގެ ދަރިފުޅަށް ކާރެއް ދީފިނަމަ އޭގެ މާނައަކީ 2 އަހަރުގެ ދަރިފުޅަށްވެސް ކާރެއް ދޭށެކޭއެއް ނޫނެވެ. ކުރިއަށް އޮތް އެތައް އަހަރަކަށްވެސް އޭނައަށް އެ ބޭނުމެއް ނުކުރެވޭނެއެވެ. 

އެހެނަސް ހަދިޔާ ދިނުމުގައި އިންސާފުވެރިވާށެވެ. ހާއްސަކޮށް އެއް އުމުރެއްގެ އެއްކަހަލަ ހުނަރުތަކަކާއި ޤާބިލްކަމެއް ލިބިފައިވާނަމައެވެ. އެއްކުއްޖަކަށް ދީފިނަމަ އަނެއް ކުއްޖާއަށް ވެސް ދޭށެވެ، އަދި ހަމަހަމަ ކުރާށެވެ. 

އަދި ހަމަ އެހެންމެ މައިންބަފައިންނާއި ބެލެނިވެރިންނަށް ބުނަމެވެ. މީހަކު ދަރިފުޅަށް ނުވަތަ ކުޑަ ކުއްޖާއަށް، އެމީހުންނަށް އެ ނުބެލެހެއްޓޭވަރުގެ އެއްޗެއް ހަދިޔާއަކަށް ދީފިނަމަ، އެމީހުންނަކަށް އެ ނުބެލެހެއްޓޭނެއެވެ. ތިބާ އެ ބަލަހައްޓާށެވެ. ނަމަވެސް އެމީހުން އެ އުމުރަށް އެޅުމުން އެމީހުންނަށް އެ ދޭށެވެ. އެއީ އެކުދިންގެ ޙައްޤެކެވެ. އެއީ ތިބާގެ އެއްޗެއް ނޫނެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން