ފާފަކުރެވުނަސް އެންމެ ރީތި ސިފަތަކުގައި ހައްދަވާފައިވާ މަލާއިކަތުން އެމީހުންގެ ރިތިކަމަށް ތަޢްރީފްކުރައްވަވާނެހައި ރީތި ކަމުގަ ސުވަރުގެ ވައްދަވާނެ މީހަކަށް ވެވިދާނެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފާފަކުރެވުނަސް އެންމެ ރީތި ސިފަތަކުގައި ހައްދަވާފައިވާ މަލާއިކަތުން އެމީހުންގެ ރިތިކަމަށް ތަޢްރީފްކުރައްވަވާނެހައި ރީތި ކަމުގަ ސުވަރުގެ ވައްދަވާނެ މީހަކަށް ވެވިދާނެ!: ބިލާލް އައްސަދު

ދުނިޔޭގެ ޙަޔާތުގައި ﷲ ތަޢާލާއަށް ބިރުވެތިވީއަޅުން ދަންނާށެވެ. ޤިޔާމަތް ދުވަހު އެމީހުން ސުވަރުގެ ގެންދަވާނީ ރަސްމީ ޝަރަފާއި ޢިއްޒަތުގައެވެ. ދުނިޔޭގައި ރަސްރަސްކަލުންނާއި ޤައުމުތަކުގެ ވެރިން ރަސްމީ އިޙްތިފާލްތަކަށް ގެންދެވޭ ވަރަށްވުރެ މާބޮޑު ޝަރަފާއި މާމަތީ ޢިއްޒަތުގައެވެ. އެ ރަސްމިއްޔާތު އަހަރެމެންނަށް ދުނިޔޭގައި ތިބެގެން ހިތަށްވެސް ނުގެނެވޭނެއެވެ.  

ދެން އޮތީ ސުވަރުގެ ވެއްދެވުމެވެ. ސުވަރުގެ ވައްދަވާނީ މޫނުތައް ވިދަވިދާ ހުންނަ ޙާލުގައެވެ. އުޖާލާވެ ދިއްލިފައިވާ ޙާލުގައެވެ. އެއިރު ތިބޭނެ ރީތިކަން ނިކަން ވިސްނައިލަބަލާށެވެ. އެންމެ ރީތި ސިފަތަކުގައި ހައްދަވާފައިވާ މަލާއިކަތުން އެމީހުންގެ ރިތިކަމަށް ތަޢްރީފްކުރައްވަވާނެތެވެ.  

ސުވަރުގެއާއި ސުވަރުގެއިން ލިބޭނެ ނިޢްމަތްތައް ސިފަކުރުމަކީ އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެތަނުގެ ފުރިހަމަކަން ފެނުން ޙައިރާންވެ އަންތަރީސްނުވާނޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ސުވާލަކީ އެފަދަ މަތިވެރި، އެހައި ފުރިހަމަ ސުވަރުގެ ވަދެވޭނީ ކޮންބައަކަށް ވަދެވޭނީ ކޮން ބައަކަށް ހެއްޔެވެ؟  

އެއްބައަކީ ދުނިޔެމަތީގައި އުފުލަންޖެހުނު ކޮންމެ ތަކްލީފަކަށްވެސް ކެތްތެރިވެ ﷲ ތަޢާލާއަށްކިޔަމަންތެރިކަން އަދާކުރަމުން އައި މީހުންނެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކޮށް އަޅުކަން ކުރުންމަތީގައި ޘާބިތުވި މީހުންނެވެ. ދެވަނައީ ފާފައެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވެ އަދި ވިއްދައިގެން ހެޔޮކަމެއްކުރާ މީހުންނެވެ. ކުރެވުނު ފާފައިގެ ސަބަބުން ފަހަތަށް ޖެހިލެވުނުވަރަށްވުރެ ބޮޑުތަން، ތިމާކުރާ ހެޔޮކަމުން ކުރިއަށް ޖައްސައިލެވޭ މީހުންނެވެ. 

ކުރެވޭ ފާފަތަކުން ތައުބާވެ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރާ މީހުން އުފާކުރާށެވެ! ސުވަރުގެ ވައްދަވާ ކޮންމެ މީހަކަށް ﷲ ތަޢާލާ ހިނިތުންވެ ވޮޑިގަތުމާއިއެކު ބަސްވަޙީކުރައްވަވާނެތެވެ. އޭނާ ކުރި ފާފަތައް ކުރިކަން ދެނެވޮޑިގެންވާ ހިނދުގައިވެސް މެއެވެ. އަދި އެމީހަކު ކުރި ފާފައިގެމަތިން ހަނދުމަކޮށްދެއްވަވާނެތެވެ. ދުނިޔޭގައިވެސް އެކަން ވަހަނާކުރެއްވެވިފަދައިން މިއަދުވެސް ވަންހަނާކުރައްވަވައިދެއްވަވާނެކަން ވަޙީކުރައްވަވާނެތެވެ.  

ފާފައެއް ކުރެވުމުން ފާފައިގެ ސައިޒަށް ނުބަލާށެވެ. ބޮޑުކުޑަމިން ކިރައި މިންއަޅަން ނުހަދާށެވެ. އަވަހަށް ތައުބާވެ ވިއްދައިގެން ހެޔޮ ޢަމަލެއްކުރާށެވެ! ﷲ ތައާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ ދާނީ މަތިވަމުންނެވެ. އަދި ސުވަރުގެވެސް ވައްދަވާނެތެވެ! އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން   

މިއަދު އޮންލައިން