މަސްވެރިންގެ ދަފްތަރުގެ މަސައްކަތް ވަނީ ގާތްގަޑަކަށް ނިމުމަކާ ގާތްވެފަ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މަސްވެރިންގެ ދަފްތަރުގެ މަސައްކަތް ވަނީ ގާތްގަޑަކަށް ނިމުމަކާ ގާތްވެފަ: ވަޒީރު ޝިޔާމް

މަސްވެރިންގެ ދަފްތަރަކީ އިޖްތިމާޢީ ރައްކާތެރިކަން ލިއްބައިދޭނެ ދަފްތަރެއް ކަމަށާއި މި ދަފްތަރުގެ މަސައްކަތް ވަނީ ގާތްގަޑަކަށް ނިމުމަކާ ގާތްވެފައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދ. ރިނބުދޫއަށް ވަޑައިގެން ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، މި ދަފްތަރުގެ ބޭނުން ހިފުމަށް މަސްވެރިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، އެހެން ކުންފުނިތަކާއި އޮފީސްތަކަށް ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ ލުއިފަސޭހަކަން މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދެއެވެ. އަދި މި ދަފްތަރު ފުރިހަމަވުމުން މަސްވެރިންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަ ގޮތަކަށް މަސްވެރިންގެ މިދަންނަވާ ވެރިފިކޭޝަން ނުވަތަ ލޯނެއް އެޕްރޫވް ކުރާއިރު ބަލަން ޖެހޭ ބެލުންތައް މިދަނީ އިންތިޒާމް ކުރަމުން. އިރާދަކުރެއްވިއްޔާ މަސްވެރި އާއިލާތަކަށް އެއީ ވަރަށް އުފާވެރި ދުވަހަކަށް ވެގެންދާނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ދަފްތަރަކީ މަސްވެރިންނަށް އިޖްތިމާޢީ ރައްކާތެރިކަން ލިބިދިނުމުގެ އިތުރުން، އެފަރާތްތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން