ހިއްސާއަކަށް 8.70 ރުފިޔާ ބަހަން ދިރާގުގެ އާންމު ޖަލްސާގައި ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިއްސާއަކަށް 8.70 ރުފިޔާ ބަހަން ދިރާގުގެ އާންމު ޖަލްސާގައި ފާސްކޮށްފި

ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 8.70 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުނު މި ޖަލްސާއަކީ ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދެވުނު ޖަލްސާއެކެވެ.

ޖަލްސާގައި ބައިވެރިވުމަށް ޖުމްލަ 144 ހިއްސާދާރުން ރަޖިސްޓްރީ ކުރިއެވެ. މީގެ ތެރޭގައި 113 ހިއްސާދާރުންނާއި 36 ޕްރޮކްސީ ދީފައިވާ ހިއްސާދާރުން ހިމެނެއެވެ.

2024 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 5.9 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން ލިބިފައިވަނީ ދިރާގުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި، ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަކުރުމުގެ ސަބަބުން ކަމަށް ދިރާގުން ބުނެފައިވެއެވެ.

2024 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ 5.1 އިންސައްތައިގެ ކުރިއެރުމަކާއެކު 1.6 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިޔަން ރުފިޔާ ހޯދައި، 2023 ވަނަ އަހަރާ އަޅާބަލާއިރު 5.5 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

ދިރާގުގެ މި އަހަރީ އާންމު ޖަލްސާގައި ފާސްކުރެވުނު ހިއްސާގެ ފައިދާ ބެހުމުގެ ހުށަހެޅުމާއެކު، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 8.70 ރުފިޔާ ލިބިގެންދާނެއެވެ.

މިއަދު އޮންލައިން