ރިނބުދޫގައި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރިނބުދޫގައި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

ދ. ރިނބުދޫގައި އަލަށް ގާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރިނބުދޫ ކައުންސިލް އިދާރާގެ މަސައްކަތް ހިމެނިފައިވަނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރޭގައެވެ.

ރާއްޖޭގެ ރަށްރަށުގައި ކައުންސިލް އިދާރާތައް އިމާރާތްކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިގޮތުން ގިނަ ރަށްރަށެއްގައި ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މިއަދު އޮންލައިން