މީދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރައީސް ހުޅުވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
މީދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރައީސް ހުޅުވައިދެއްވައިފި

ދ. މީދޫގައި އަލަށް ތަރައްޤީކުރެވުނު ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.

ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހުޅުވައިދެއްވި މަޝްރޫއަކީ ދެ މިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެކެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުން އިޢުލާންކޮށްގެން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ފުޓްސަލް މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މެޗުގައި ވާދަކުރީ ވަޒީރުންގެ ޓީމަކާއި ދ. މީދޫން ހޮވާލެވުނު ޓީމެކެވެ. ރައީސުލްޖުމްހޫރިއްޔާ ކުޅުއްވީ މީދޫ ޓީމަށެވެ.

މި ފުޓްސަލް ދަނޑު ތަރައްޤީކުރުމަކީ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން