ހުޅުދެލީގައި ބީއެމްއެލްގެ އޭޓީއެމް ޤާއިމުކޮށް، ރަސްމީކޮށް ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ހުޅުދެލީގައި ބީއެމްއެލްގެ އޭޓީއެމް ޤާއިމުކޮށް، ރަސްމީކޮށް ޚިދުމަތް ފަށައިފި

ދ. ހުޅުދެލީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޤާއިމުކޮށް، މިއަދު ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ހުޅުދެލީގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެންމެ ފުރަތަމަ މުޢާމަލާތްކުރައްވާ، އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެ ގޮތުން ބޭނުންކުރެވުނު ރަމްޒީ ކާޑު ހުޅުދެލީ ކައުންސިލާ ޙަވާލުކޮށްދެއްވާފައިވެއެވެ.

ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ހުޅުދެލީގައި ޤާއިމުކުރުމާއެކު، އެރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ކުރިން ފައިސާ ނެގުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ދަތިކަން ނިމުމަކަށް އައިސްފައިވެއެވެ.

ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމް ޤާއިމުކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. މިއީ އެ މަސައްކަތުގެ ތެރެއިން އަނެއްކާވެސް އިތުރު ރަށަކަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ދ. އަތޮޅަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ ފުރަތަމަ އަތޮޅެވެ.

މިއަދު އޮންލައިން