ޕީއެންސީގެ ގިނަ މަޖިލިސް މެންބަރުން ވޯޓުގައި ބައިވެރިނުވި ކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް: ފަލާހު

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ޕީއެންސީގެ ގިނަ މަޖިލިސް މެންބަރުން ވޯޓުގައި ބައިވެރިނުވި ކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް: ފަލާހު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ އިސްލާހު މަޖިލީހުން ބަލައިގަތުމަށް ނެގި ވޯޓުގައި ޕީއެންސީގެ ގިނަ މެންބަރުން ބައިވެރިނުވި ކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ފަލާހު ވިދާޅުވީ، މި އިސްލާހު ބަލައިގަތުމަށް ނެގުނު ވޯޓުގައި ޕީއެންސީގެ 9 މެންބަރުން ބައިވެރިނުވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި 11 މެންބަރުންގެ ތެރެއިން 9 މެންބަރުން މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި މާލެއިން ބޭރުގައި," ފަލާހު ވިދާޅުވިއެވެ.

އެހެންނަމަވެސް، ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވެ ވަޑައިނުގެންނެވި ޕީއެންސީގެ 2 މެންބަރުން ތިއްބެވި ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. މި ދެ މެންބަރުން ވޯޓުގައި ބައިވެރިނުވި ސަބަބު ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރޝިޕުން މިހާރު ބަލަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން