ހަނދުމަކޮށްދިނުމެއް!: ޖިބްރީލްގެފާނު ރަސޫލް (ޞޢޥ)އަށް ދެއްވެވި އަގުހުރި ނަޞޫޙަތުގެ ބަސްފުޅުތަކެއް! މިދުނިޔެވެސް ޢާޚިރަތްވެސް ކާމިޔާބުކުރެވޭނެ މަގު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހަނދުމަކޮށްދިނުމެއް!: ޖިބްރީލްގެފާނު ރަސޫލް (ޞޢޥ)އަށް ދެއްވެވި އަގުހުރި ނަޞޫޙަތުގެ ބަސްފުޅުތަކެއް! މިދުނިޔެވެސް ޢާޚިރަތްވެސް ކާމިޔާބުކުރެވޭނެ މަގު! އިން ޝާ ﷲ

އެއްދުވަހަކު ޖިބްރީލްގެފާނު ވަޑައިގެން ރަސޫލް ﷺ އަށް ދެންނެވިއެވެ.

"ޔާ މުޙައްމަދު! ދިރިހުންނެވިހައި ދުނިޔޭގައި އުޅުއްވަވާށެވެ! ކޮންމެވެސް ދުވަހަކު ދުނިޔެ ދޫކުރައްވަވަން ޖެހިވަދައިގަންނަވާނެއެވެ!

ލޯބިފުޅުވެވަޑައިގަންނަވަން ބޭނުންފުޅު ކޮންމެ މީހަކު ދެކެ ލޯބިފުޅުވެވަޑައިގަންނަވާށެވެ! އެމީހުންނާއި ވަކިވެވަދައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ!

ކުރައްވަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަވާށެވެ! އެކަމަށް ޙައްޤު ޖަޒާ ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ އެކަމަކަށް އަގު އަދާކުރައްވަން (ބަދަލުދެއްވަވަން) ޖެހިވަޑައިގަންނަވާނެއެވެ!

ޔާ މުޙައްމަދު! މީހާގެ ޢިއްޒަތްވަނީ އޭނާކުރާ ދަމުނަމާދުގައެވެ! މީހާގެ އެންމެ މަތިވެރިކަން ލިބިގެންވާ ދަރަޖައަކީ އެހެން މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންވެގެން ނުވުމެވެ."

މީސްތަކުންނޭވެ! ޖިބްރީލްގެފާނު ރަސޫލް ﷺ އަށް ވިދާޅުވީ މިފަދަ އެއްވެސް ބަސްފުޅަކީ ޖިބްރީލްގެފާނު އަމިއްލަފުޅަށް ވިދާޅުވި ބަސްފުޅެއް ނޫނެވެ! އެހެނީ ﷲ ތަޢާލާ އަމުރުފުޅުކުރެއްވެވި ކަމެއް މެނުވީ ނުކުރައްވަވާނެތީއެވެ.

އަދި މިފަދަ އެއްވެސް ބަސްފުޅަކީ ހަމައެކަނި ރަސޫލް ﷺ އަށް ވިދާޅުވި ބަސްފުޅެއް ކަމުގައި ދެކެގެން ނުވާނެއެވެ. މިފަދަ ކޮންމެ ބަސްފުޅަކީ އެންމެހައި މީސްތަކުންނަށް ވިދާޅުވި ބަސްފުޅެކެވެ.

ޚުލާޞާކޮށްލާނަމަ ބަސްފުޅުގައި އެވަނީ ދުނިޔޭގައި ހުރި ދުވަހަކު ތިމާ ބޭނުންވާ ކަންކަންކޮށް ބޭނުން ގޮތަކަށް އުޅެވޭނެއެވެ. އެމީހަކު ބޭނުން މީހަކު ދެކެ އެމީހަކަށް ލޯބިވެވިދާނެއެވެ. ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށް އެހެން ބައަކު ބުނާގޮތަށް އުޅެވިދާނެއެވެ. ނަމަވެސް އެމީހުން ދޫކޮށް ދުނިޔެއާއި ވަކިވާން ޖެހޭނެއެވެ. އެކަނިމާއެކަންޏެވެ!

އެމީހަކު ކުޅަ ޢަމަލަކަށް އެމީހަކަށް ޖަޒާ ނުލިބިއެއް ނުދާނެއެވެ. ފާފަކޮށްފައިވާނަމަ އެކަމުގެ ޢަޛާބު ލިބޭނެއެވެ. ހަމަ އެއާއިއެކު ކަންކަމަސް ބޭނުންވެގެން އެދެންވީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ޙާޞިލުކުރަން ކުރަން ޖެހޭ މަސައްކަތްކުރުމާއިއެކު އެދުމުން ﷲ ތަޢާލާ އެކަމެއް ފުއްދަވައިދެއްވަވާނެތެވެ!

ވީމާ ޖިބްރީލްގެފާނުގެ މިކުރުކުރުބަސްކޮޅުގައި ހިފަހައްޓައި ސާބިތުވާށެވެ! އެމީހަކަށް ދުނިޔެއާ ޢާޚިރަތް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ

--ޝައިޚް މުޢްތަސިމް އަލް-ޙަމީދާ

މިއަދު އޮންލައިން