ފާޚާނާގައި ވުޟޫކޮށްގެން ދުޢާކީދާނެ ކަމާއިމެދު ސުވާލުރާތީ ދަންނަވަމެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ފާޚާނާގައި އެއްވެސް ކަހަލަ ޛިކުރެއް ދުލުން ކުރުމީ ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވާގޮތުގައި ހުއްދަ ކަމެއްނޫނެވެ. އެހެން ކަމުން ވުޟޫދުޢާފަދަ ދުޢާ ކިޔަންވާނީ ފާޚާނާއިން ބޭރުގައެވެ. ފާޚާނާއަށް ވަންނައިރު ދުޢާކިޔަންވާނެއެވެ! ވުޟޫކުރަން ފަށާއިރު ހިތަށް ބިސްމި ގެނެވިދާނެއެވެ. ފާޚާނާގައި ކަމުގައި ވިޔަސް އަދި ފާޚާނާއިން ބޭރުގައި ކަމުގައި ވިޔަސް ވުޟޫގައި ކިޔަން އޮންނަ ޛިކުރުތަކަކީ ހަރުއަޑުން ކިޔަން އޮންނަ ތަންތަނެއްނޫނެވެ. ބިސްމިއާއި ވުޟޫ ދުޢާފަދަ ހުރިހާ ޛިކުރެއް ކިޔުން ސުއްނަތް ވެގެންވަނީ ސިއްރުންނެވެ.
ނިޔަތަކީ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ފަރުޟެކެވެ. ބައެއްބޭކަލުންގެ އަރިހުގައި ޝަރުޠެކެވެ. ވުޟޫކަމުގައި ވިއަސް ނުވަތަ ނަމާދުކަމުގައި ވިއަސްމެއެވެ. އެހެން ކަމުން ނިޔަތް ފަރުޟަކަށް ވެފައި އެއީ ހިތުން ގަންނަންޖެހޭ އެއްޗެކަށް ވާއިރު އެނިޔަތް ގަންނަން ފަރުޟުވާނީ ފުރަތަމަ ފަރުޟާއެކުގައެވެ.
ވުޟޫގައި ނަމަ އެއީ މޫނު ދޮވުމެވެ. އެހެންކަމުން މޫނު ދޮންނަން ފެށުމާ އެކުއެކީގައި، ތިމަންނަ ޙަދަސްއެރަގަންނަމޭ (ވުޟޫކުރަމެވެ) ހިތަށް އަރުވަންޖެހޭނެއެވެ. والله أعلم
ގުޅޫންހުރި ލިޔުން:
https://islamqa.info/en/answers/9286/remembering-allaah-in-the-washroom